ލާވާ ކޭކު—
ލައިފްސްޓައިލް
14 Mar 2024 | 09:11
މިއޮތީ އަނގަޔަށް ވިރިގެންދާ ގޮތަށް ލާވާ ކޭކު ތައްޔާރު ކޮށްލާނެ ގޮތް

ރޯދަ ވީއްލާ ގަޑީގައި ފިނި ފިނި ވެނީލާ އައިސްކްރީމް އާއި އެކު ލާވާ ކޭކެއް ކާލުމުން ޔަގީނުންވެސް މިފަދަ ހޫނު ދުވަސް ދުވަހު ހިތްހަމަޖެހުން ލިބޭނެއެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗޮކޮލެޓް ލާވާ ކޭކު ތައްޔާރުކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި:

3 މޭޒުމަތީ ސަމުސާ ފުށް

8 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ

200 ގްރާމް ސެމީ ސްވީޓް ޗޮކްލެޓް ޗިޕްސް

1/4 ޖޯޑު ހަކުރު

1/4 ސައިސަމުސާ ލޮނު

2 ބިސް

2 ބިހުގެ ގޮބޮޅި

1 ސައިސަމުސާ ވެނީލާ އެސެންސް 

ތައްޔާރުކުރާނެ ގޮތް:

1) ކޭކު ފިހާ ކުދި ތަށީގައި ބަޓަރު ކޮޅެއް އުނގުޅާލާފައި އޭގައި ފުށް ވެސް ތުނި ފަށަލައެއް ގޮތަށް އުނގުޅާލާށެވެ. 

2) ތެއްޔަކަށް ކެކިކެކި ހުރި ހޫނުފެން އަޅާފައި އޭގެ މަތީގައި ބިއްލޫރި ތައްޓެއް ބަހައްޓައި ޗޮކްލެޓާއި ބަޓަރު ވިރެންދެން އެއްކުރާށެވެ. މިކްސިން ބޯލް ބަހައްޓާނީ ފެނުގައި ނުޖެހޭ ވަރަށެވެ.

3) އެއަށްފަހު މިކްސަރަކުން ބިހާއި، ބިހުގެ ގޮބޮޅި އަދި ހަކުރު، މަޑުމަޑު ރީނދޫކުލައެއް އަރަންދެން ގިރާށެވެ.

4) ދެން ކުރިން ވިރުވާފައި ހުރި ޗޮކްލެޓު ހޫނުކޮށް ހުއްޓާ ބިހާއި އެއްކުރާށެވެ. އެއްކުރާނީ ވެނީލާ އެސެންސުވެސް އަޅައިގެންނެވެ. 

5) ބިހާއި ޗޮކްލެޓު ރަނގަޅަށް އެކުވުމުން މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ފުށް ވެސް އަޅައި އެއްކުރާށެވެ.

6) ކޭކު ފުށްގަނޑު ހަތަރު ބައިކޮށްފައި ކޮންމެ ބައެއް ކޭކު ފިހާ ކުޑަ ތައްޓަށް އަޅާށެވެ. އަދި އަވަން ހޫނުކުރުމަށްފަހު 200 ޑިގްރީ ގައި ދިހައެއް ނުވަތަ ފަނަރަ މިނެޓު ވަންދެން ފިހެލާށެވެ.

7) ފިހަންވާނީ ކޭކުގެ ބޭރު ރަނގަޅަށް ރޯފިލައި ހަރުކޮށް ހުންނަ ވަރަށް އަދި މެދު މަޑުކޮށް ހުންނަ ވަރަށެވެ.

8) ކޭކު ފިހެވުމުން އެއް މިނެޓު ވަރު ބަހައްޓައި ހިހޫ ކުރުމަށްފަހު ތަށްޓަކަށް ފުށުން ޖަހާށެވެ. އަދި މައްޗަށް އައިސިން ޝުގަރ ކޮޅެއް ފުރޭނުމަށްފަހު، ވެނީލާ އައިސްކްރީމް އާއި އެކު ކާލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް