މިއަދު އިމާމްވެ ހުކުރު ކުރާ ޒުވާން ޚަތީބުން
ހަބަރު
15 Mar 2024 | 08:51
މާލޭގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމްވެ ހުކުރު ނަމާދު ކުރާނީ ޒުވާން ޚަތީބުން!

މިއަދު މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ހިމެނޭ ހަތަރު މިސްކިތެއްގައި އިމާމްވެ ހުކުރު ނަމާދު ކުރައްވައި، ޚުތުބާ ދެއްވާނީ ޒުވާން ޚާތިބުން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެވުޒާރާއިން ބުނި ގޮތުގައި، ތައިބާ  މިސްކިތާއި، މަސްޖިދުލް އަމާނީ އާއި، ޢީދު މިސްކިތުގެ އިތުރުން ހުކުރު މިސްކިތުގައި ޒުވާން ޚާތިބުން އިމާމްވެ ނަމާދުކޮށް ހުތުބާ ދޭ ގޮތަށް ހަމަޖެހިފައިވާއިރު، އިސްލާމީ މަރުކަޒު ގައި ބަންގި ގޮވާނީ ވެސް ޒުވާން ހަތީބެކެވެ.

މިއަދު އިމާމުވެ ހުުކުރު ކުރާ ޒުވާން ހަތީބުންނަކީ؛

ސުލައިމް މުހައްމަދު ލަތީފް - ތައިބާ މިސްކިތް

ހުސައިން ޒައިން އަލީ - މަސްޖިދުލް އަމާނީ

އަބްދުލްމަތީން މުހައްމަދު - އީދު މިސްކިތް

ނައުފަން ނިޔާފް - ހުކުރު މިސްކިތް

މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އޭނާ އަކީ ގުރުއާންގެ ބޮޑު ބައެއް ހިތު ދަަސްކޮށްފައިވާ ވަރަށް ރީތިކޮށް ހުތުބާ ކިޔައި ގުރުއާން ކިޔަވާ ކުއްޖެކެވެ.

މި ޒުވާން ޚަތީބުންނަކީ، ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އަމާޒުކޮށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހިންގި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނެވެ. 

މީގެ އިތުރުން އެ ޕްރޮގްރާމް ފުރިހަމަކުރި ހަތީބުންގެ ތެރެއިން މި އަހަރު 16 ކުއްޖަކު އިމާމުވެ ތަރީވީހް ނަމާދު ކުރެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ