ބްރެޑް ރޯލްސް
ލައިފްސްޓައިލް
17 Mar 2024 | 10:11
މި ރެސިޕީ ބަލައިގެން ޗީޒީ ޗިކަން ބްރެޑް ރޯލް ހަދަން ޅިޔަނު ކައިރީ ބުނެލާތި!

ރޯދަ ވީއްލުމަށް ތަފާތު އެއްޗެހި ތައްޔާރު ކުރުމަކީ އަންހެން ވެރިން އާއްމުކޮށް ވަރަށް ގިނައިން ކޮށް އުޅޭ ކަމެކެވެ. އެކަމަކު ފިރިހެން ވެރިންވެސް ބަދިގެއަށް ވަދެ މީރުކޮށް އެއްޗެއް ތައްޔާރު ކޮށްލުމަކީ ވަރަށް ސަޅި ކަމެކެވެ. އެހެންކަމުން މިއަދުގެ ރެސިޕީ އަކީ ޅިޔަނުން ޓްރައި ކޮށްލަން ރަނގަޅު ރެސިޕީއެކެވެ. 

ބޭނުންވާނެ ތަކެތި

10 ފޮތި ޕާން

500ގ ކުކުޅު (ކުދިކޮށް ކޮށާފައި)

3 ފެހި ތޮޅި މިރުސް (ތުނިކޮށް ކޮށާފައި)

2 ކެޕްސިކަމް

1 ސައިސަމުސާ ތެޅިމިރުސްް

ލޮނު

1 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް 

މޮޒޮރެއްލާ ޗީޒް (ގާނާފައި)

ތެޔޮ

4 ބިސް

ފާރޮށި ކުނޑި

ތައްޔާރުކުރާނެ ގޮތް

1) ކުޑަ ތެޔޮ ފޮދެއްގައި ލޮނު ކޮޅެއް އަޅައިގެން ކުކުޅު ކޮޅު ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ. 

2) އޭގެ ތެރެއަށް ކެޕްސިކަމް އާއި ތެޅި މިރުހާއި، ތޮޅި މިރުސްވެސް އަޅައިގެން 5 މިނެޓް ވަރު ކައްކާލާށެވެ. މާ ހިކިހެން ހީވާ ނަމަ ކުޑަ ފެން ފޮދެއް އަޅާލާނީއެވެ. 

3) ދެން ސޯސް އަޅާލުމަށްފަހު އެކުލަވާލާފައި އުނދުން ނިއްވާލާށެވެ. 

4) އެއަށްފަހު ޕާން ފޮތިތަކުގެ ކައިރި ވަޅިން ނެގުމަށްފަހު ކޮންމެ ޕާން ފޮށްޗެއްގައި ފެންކޮޅެއްލާފައި ރޮށި ދަމާ އެއްޗެއްގެ މަތީގައި ބާއްވާ މަޑުމަޑުން ދަމާލާށެވެ.

5) ދަމާފައިވާ ޕާން ފޮތި ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު ކޮޅުން ސަމުސަލެއްހާ އެތިކޮޅެއް ލާ ފަތުރާލާފައި އޭގެ މައްޗަށް ޗީޒް ކޮޅެއް އަޅާފައި ޕާން ފޮތި އޮޅާލުމަށްފަހު ކައިރި ބައްދާލާށެވެ. 

6) ހުރިހާ ޕާން ފޮއްޗެއް މިހެން ތައްޔާރުކޮށްލާށެވެ.

7) ދެން ވަކިން ދެތަށްޓަށް ބިސް އަދި ފާރޮށި ކުނޑި އަޅާށެވެ. އަދި ކުރިން ތައްޔާރުކުރި ރޯލްސްގެ ތެރެއިން އެކަތި ގިރާފައި ހުރި ބިސް އެޅި ތަށީގެ ތެރެއަށްލާ ރަގަނޅަށް ބިސް ހާކާލާށެވެ. 

8) އެއަށްފަހު މިރޯލްސް ނަގާ ފާރޮށި ކުޑި އެޅި ތަށި ތެރެއަށްލުމަށްފަހު މުޅި ރޯލްސްގައި ފާރޮށި ކުނޑި ހާކާލާށެވެ.

9) ހުރިހާ ރޯލްސްއެއް މިހެން ތައްޔާރުކޮށްލުމަށްފަހު ފިނިކޮށްލުމަށް 1 ގަނޑިއިރު ފްރިޖްގައި ބަހައްޓާށެވެ. 

10) ރޯލްސްތައް ފިނިވުމުން ތާހެއްގައި ތެޔޮއަޅާ ހޫނުކުރާށެވެ. އަދި ރޯލްސްތައް ތެލުލާލާށެވެ. މިހުރީ ޗީޒީ ޗިކަން ބްރެޑް ރޯލްސް ތައްޔާރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
4 ބޭފުޅަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ހަތަރު ބޭފުޅަކަށް އަރުއްވައިފިއެވެ.
26 Jul 2026
އެމެރިކާ-އީރާނު ހަނގުރާމަ ރަތް ކަނޑާއި ކެސްޕިއަން ކަނޑަށް ފެތުރިއްޖެ
އެމެރިކާ ސިފައިން ހޮނިހިރު ދުވަހު ބުނެފައިވަނީ އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ހިންގާ ޙިޞާރު "އެއްވެސް ލުޔެއް ނެތި ދެމިއޮތް" ކަމަށެވެ. ނަމަވެސް، ޖެހިޖެހިގެން 13 ރޭ ވަންދެން ދެމުންދިޔަ ހަމަލާތައް ކުއްލިއަކަށް ހުއްޓާލި ސަބަބެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. މި މުއްދަތުގެ ތެރޭގައި އީރާނުގެ ފަރާތުން އަވައްޓެރި ޤައުމަކަށް ހަމަލާއެއް ދިން ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
26 Jul 2026
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ރާއްޖެއިން ދަމަހައްޓާނެ
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި އެކަމުގައި ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
26 Jul 2026
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ބައިވެރިވެވަޑައިގެންފިއެވެ.
26 Jul 2026
ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ "މަދިރި ދަމާ މެގްނެޓެއް" ފަދަ ބައެކެވެ.
26 Jul 2026
އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، މިނިވަންކަން ދެމެހެއްޓުން
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
26 Jul 2026
ޕްރެޝަރު ބޮޑުވުމުން ފުލުހުން ބުނީ، ބްރިޖްގައި ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާކުރިކަމަށް
އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށިތާ ގާތްގަނޑަކަށް ފަސް ގަޑިއިރުފަހުން ފުލުހުން ބުނެފައިވަނީ، ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ
25 Jul 2026
ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.