މެންބަރު އީވާ އަބްދުالله- ފޮަޓޯ/ މަޖިލިސް
ހަބަރު
18 Mar 2024 | 12:00
ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރަން ގޮވައިލާ ޤަރާރެއް މަޖިލީހަށް

ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله އެވެ. 

އީވާ ހުށަހެޅުއްވި ޤަރާރަކީ ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި، އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަނެ، ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ. 

އީވާގެ ޤަރާރުގައި ބުނީ، ދަރަނި މެނޭޖުކުރުމާ ގުޅޭ ގޮތުން 27 އޮކްޓޯބަރ 2020 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ސަރުކާރަށް ލަފައެއް އަރުވާފައިވާކަމަށް ޤަރާރުގައި ފާހަގަކުރިއެވެ. އެއިރު ލަފާދީފައިވަނީ ދަރަނި ރިސްޓްރަކްޗާކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާ ރާއްޖެއާއި ބޭރުގެ ކަމާ ގުޅޭ މާހިރުންގެ ލަފާ ހޯދައި ކޮމިޓީއާ ގުޅޭ މަސައްކަތްތައް 8 މަސްތެރޭގައި މަސައްކަތް ނިންމައި ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހެޅުމަށެވެ. ނަމަވެސް މި ލަފައަށް އެއިރުގެ ސަރުކާރުން އަމަލުކޮށްފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ހިންގާ ޕަބްލިކް އިންވެސްޓްމަންޓް މަޝްރޫޢުތަކުގައި، ގައުމުގެ ތަރައްގީއަށް އަމާޒުވާނެ ފެންނަން ނެތް ކަމަށާ، އެހެންކަމުން ވަށާ ޖެހޭ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލާ އެ ޕްލޭނަކީ ރާއްޖޭގެ މާލީ ރާއްޖޭގެ މާލީ ހާލަތާ އެކަށޭނެ ޕްލޭނެއްކަމަށްވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އޭގެ އިތުރަށް ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރެވި މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ޕްލޭނެއް އެކުލަވައިލާ އާންމުކުރަންޖެހޭ ކަމަށާއި، މާލީ ދެމެހެއްޓެނެވިކަން ޤާއިމުކުރުމަށް ރާވާފައިވާ ގޮތާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ޚަރަދު އަންދާޒާތައް އަދި ސްޓްރެޓިޖިކް ޕްލޭން އާންމުކޮށް ހާމަކުރުމަށް އީވާގެ ޤަރާރުގައި ގޮވާލައްވައިފިއެވެ. 

އަދި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށާއި، ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރުމަށް ރާވާފައިވާ ގޮތާއި، ތަރައްޤީގެ މަޝްރޫޢުތަކުގެ ޚަރަދު އަންދާޒާތައް އަދި ސްޓްރެޓިޖިކް ޕްލޭން އާންމުކޮށް ހާމަކުރުމަށް އީވާގެ ޤަރާރުގައި ހުށަހަޅުއްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.