ކިޔުކަންބާ ލެމަން ޖޫސް-
ލައިފްސްޓައިލް
18 Mar 2024 | 13:08
މިއަދު ރޯދަ ވީއްލާ ގަޑިއަށް ހަށިގަނޑަށް ފައިދާ ހުރި ކިޔުކަންބާ ލުނބޯ ޖޫސް ކިހިނެއްވާނެ؟

ރޯދަ ވީއްލާ ގަޑިއަކީ އެންމެންވެސް ރިފްރެޝިން ބުއިމެއް ބޯލަން ބޭނުންވާ ވަގުތެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގަނޑަށް ތާޒާކަން ގެނެސްދޭނެ ބުއިމެއް ތައްޔާރު ކޮށްލާނެ ގޮތެވެ. 

ބޭނުންވާ ތަކެތި

1/2 ކިޔުކަންބާ (ބޮޑު)

1 ޖޯޑު ލުނބޯ ހުތް

1 ޖޯޑު ކެކި ކެކި ހުރި ހޫނުފެން

4 ޖޯޑު އައިސް ފެން

މިންޓް ލީވްސް

ތައްޔާރުކުރާނެ ގޮތް

1) ކެކި ކެކި ހުރި ހޫނު ފެނުގެ ތެރެއަށް ހަކުރު އެޅުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ. 

2) ކިޔުކަންބާގެ ތޮށި މަށާ ލުމަށްފަހު ކޮށާލާފައި އެއް ޖޯޑު އައިސް ފެން އަޅައިގެން މިކްސަރުން މުގުރާލާށެވެ. ދެން ކިޔުކަންބާގެ ދިޔަ ފޮދު ފުރާނާލާށެވެ.

3) ދެން ބޮޑު ޖަގެއްގެ ތެރެއަށް ލުނބޯ ހުތާއި، ކިޔުކަންބާ ޖޫހާއި، ހަކުރު ފެން އެތި އަޅައި ރަނގަޅަށް އެކުލަވާލާށެވެ.

4) އެއަށްފަހު ޖަގު ތެރެއަށް މިންޓް ފަތްވެސް އަޅައިގެން ގިރާލުމަށްފަހު ބާކީ ހުރި 3 ޖޯޑު އައިސްފެންފޮދުވެސް އަޅާލާށެވެ. ދެން ރަނގަޅަށް އެކަލަވާލުމަށްފަހު ފިނިކޮށްލަން ފްރިޖަށްލާނީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް