އިއްޔެ ކުރިއަށްދިޔަ ދޮރުން ދޮރަށް ކެންޕެއިންގެ ތެރެއިން— ފޮޓޯ / ވޮއިސް
ހަބަރު
19 Mar 2024 | 10:01
މަޖިލިސް އިންތިޚާބުގެ ކެންޕެއިނަށް، ރައީސް މުޢިއްޒު ގަލޮޅު ދެކުނު ދާއިރާއަށް ދޮރުން ދޮރަށް!

ސަރުކާރު ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރިއަށް ގެންދަވާ ދޮރުންދޮރަށް ކުރިއަށް ގެންދާނީ ގަލޮޅު ދެކުނުގައި ކަމަށް ބުނެފިއެވެ.

ޕީއެންސީ / ޕީޕީއެމް ކޯލިޝަނުން ބުނީ ގަޮލޮޅު ދެކުނުގެ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތަށް ރައީސް މުއިއްޒު، ފައްޓަވާނީ މިއަދު މެންދުރު 1:45 ގައި މަޖީދީ މަގު ބަނޫން ސްޕޯޓްސް ކުރިމަތިން ކަމަށެވެ.

ރައީސް މުޢޮއްޒު ވަނީ އިއްޔެވެސް ހެންވޭރު ހުޅަނގު ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓުން ނިކުމެ އެވެ. އަދި ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ. އެގޮތުން ތާއީދު ކޮށްފައި ވަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. 

މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އަރާއިރު، އެ އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. އެއީ 42 އަންހެނުންނާއި އަދި 326 ފިރިހެނުންނެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.