ފަތު މަސްހުނި-
ލައިފްސްޓައިލް
21 Mar 2024 | 12:04
މިއޮތީ ވަރަށް މީރުކޮށް ކުއްޅަފިލާފަތު މަސްހުނި ތައްޔާރު ކުރާނެގޮތް

ކުއްޅަފިލާފަތު މަސްހުންޏަކީ ރޯދަ ވީއްލުމަށް ވަރަށް ގިނަ މީހުންނަށް ކަމުދާ ވަރަށް ސިއްހަތަށްވެސް ފައިދާ ހުރި އެއްޗެކެވެ. ފިލާ މަސްހުންޏަކީ ބަތްޕެނާއި، ރޮށްޓާއި އަދި ބަތާއި އެކު ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. އެހެންކަމުން، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ފިލާ މަސްހުނި ތައްޔާރު ކުރާނެ ގޮތެވެ. ޔަގީނުންވެސް ތަފާތުވެފައި މީރުވާނެ އެވެ. 

ބޭނުންވާ ތަކެތި

1 ޖޯޑު ކުއްޅަފިލާ ( ތުނިކޮށް ކޮށާފައި) 

1 ދަޅު މަސް 

1/4 ޖޯޑު ހިމުންކޮށްފައި ހުރި ވަޅޯމަސް (ބޭނުން ނަމަ) 

3/4 ޖޯޑު ހުނި

1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

1/3 ސައިސަމުސާ އިނގުރު ޕޭސްޓް

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

1 ލުނބޮލުގެ ހުތް

1 ގިތެޔޮ މިރުސް ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1/3 ސައި ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ރިހާކުރު

ލޮނު

1/2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް 

1) ތައްޓެއްގެ ތެރޭގައި ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ލޮނު އަދި އިނގުރު ރަނގަޅަށް މޮޑެލާށެވެ. ދެން ލުނބޯ ހުތާއި ހިކަނދިފަތްވެސް އެއަށްއަޅާފައި މޮޑެލާށެވެ. 

2) އެއަށްފަހު އޭގެ ތެރެއަށް ރިހާކުރު އަޅައިގެން މޮޑެލުމަށްފަހު މަސްދަޅާއި ވަޅޯމަސް އަޅާފައިވެސް މޮޑެލާށެވެ. 

3) ދެން ހުނި ކޮޅު އަޅަލުމަށްފަހު ދިރި އަދި އަސޭމިރުސް އަޅައިގެން އެއްކޮށް މަސްހުނި ގަނޑު މޮޑެލުމަށްފަހު، ފެން އަޅައި އެކުލަވާލައި، ލޮނު ހެޔޮވަރު ކޮށްލާށެވެ. އެއަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. 

ފިލާ މަސްހުންޏަކީ ބަތްޕެނާއި، ރޮށްޓާއި އަދި ބަތާއި އެކު ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.