ދިވެހިންގެ އެހީ ޣައްޒާއަށް ފޯރުކޮށްދެނީ- ފޮޓޯ/ އައިއޭސީ
ހަބަރު
24 Mar 2024 | 12:33
މި ރަމަޟާން މަހުވެސް ދިވެހިންގެ އެހީ މެދުކެނޑުމެއްނެތި ޣައްޒާއަށް؛ ކޮންމެ ދުވަހަކު 3000 އިފްޠާރު ޕެކް

މި ރަމަޟާން މަހުވެސް މެދު ކެނޑުމެއްނެތި ދިވެހިންގެ އެހީގައި ފަލަސްޠީނުގެ ޣައްޒާގައި އިފްތާރު ޕެކޭޖު ބަހަމުންދާ ކަމަށް އައިއޭސީން ބުނެފިއެވެ. 

އައިއޭސީން ކުރިއަށް ގެންދާ ލޯތްބާއެކު ކެންޕެއިންގެ ތެރެއިން ޣައްޒާގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ރޯދަ ވީއްލުމަށް އިފްތާރު ޕެކޭޖު ކޮންމެ ދުވަހަކުވެސް ފޯރުކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާއިން ވޮއިސް އަށް މައުލޫމާތު ދީފައި ވެއެވެ.

އެގޮތުން ކޮންމެ ދުވަހަކު 3000 ޕެކޭޖު ޣައްޒާގެ އާއިލާ ތަކަށް ބަހަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ. 

އައިއޭސީގެ އިފްތާރު ޕެކް ބަހަނީ- ފޮޓޯ/ އައިއޭސީ

ޣައްޒާގެ އިތުރުން ދިވެހި ރައްޔިތުންގެ އެހީ ރަމަޟާން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައިއޭސީން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ހާލުގައި ދިރިއުޅެމުންދާ އެކިއެކި ފަރާތްތަކަށް އިފްތާރު ޕެކޭޖް އައިއޭސީން އަންނަނީ ބަހަމުންނެވެ. 

އައިއޭސީން އެދެނީ ހުއްޓުމެއްނެތި ލޯތްބާއެކު ކެންޕެއިނަށް އެހީ ފަޯރުކޮށްދެއްވަމުން ގެންދިޔުމަށެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށް އައިއޭސީން އެދެއެވެ. 

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062740

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | SEASONAL

މީގެ އިތުރުން އޮންލައިންކޮށް ޑޮނޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އަންނަނިވި ލިންކު މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. 

https://iac.mv/withlove-2024

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ