ދިފާއީ ވަޒީރު ޣައްސާން މައުމޫން އެމްއެމްޑީއެފް އެއާ ކޯ އިފްތިތާހު ކުރި ޖަލްސާގައި ވާހަކަ ދައްކަވަނީ- ފޮޓޯ / ވޮއިސް
ހަބަރު
25 Mar 2024 | 12:07
ޑްރޯންތައް ގަތުމަށް ކުރި ޚަރަދު މަޖިލީހުގެ 241 ކޮމިޓީގައި ހާމަކުރެވިދާނެ: ޣައްސާން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް، ދިވެހި ސިފައިންގެ އެއާ ކޯއަށް ގެނެވުނު އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންތައް ގަންނަން ކުރި ޚަރަދު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހާމަ ކުރެއްވިދާނެ ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިފާއީ ވަޒީރު މަޖިލީހަށް ހާޒިރު ކުރައްވައި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ރާއްޖޭގެ ސަރަހައްދު ބަލަހަށްޓަން ރާއްޖެއަށް ގެނައި އަސްކަރީ ޑްރޯންތައް ގެނައީ ދައުލަތުގެ ބަޖެޓުން ކިހާ ފައިސާއެއް ޚަރަދު ކުރައްވައިގެންތޯ ސުވާލު ކުރައްވާފައެވެ. އަދި އެއިން އެއް ޑްރޯންގެ އަގަކީ ކޮބައިތޯވެސް އޭނާ ސުވާލުކުރެއްވިއެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޣައްސާން ވަނީ، ދިވެހި އަސްކަރިއްޔާ ހޯދާފައިވާ ޔޫއޭވީތައް ހޯދާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނު ތަކުން އަދި ގަވާއިދު ތަކުން ދެފުށްފެންނަ ކަމަށް ކަނޑއެޅިފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމުގެ ޔަގީންކަން މަޖީލަހަށް ދެއްވާފައެވެ. އަދި އެކަމުގެ ލިޔެކިޔުންތައްވެސް ހުންނާނެ ކަމަށާ އެ ބަލަން ބޭނުންވާ އިދާރާތްތަކާއި ހިއްސާ ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވުއެވެ. 

އެކަމުގެ ހުރިހާ ލިޔެކިޔުންތައް ހުންނާނެ. ބައްލަވަން ބޭނުންފުޅުވާ ތަހުގީގީ އިދާރާތަކުން ބައްލަވަން ބޭނުންފުޅުވިއްޔާ ހުންނާނެ. އެކަން ކުރެވިފައިވަނީ ކަނޑައެޅިފައިވާ އުސޫލު ތަކުގެ ތެރެއިން. މިކަހަލަ ފޯރަމެއްގައި، އެއްވެސް ގައުމެއްގައި ދިފާއީ ގޮތުން ކުރާ ޚަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ކުރާ ކަމެއް ނޫން. އެހެންކަމުން އެ މައުލޫމާތު މިތަނުގައި (މަޖިލިސް ޖަލްސާގައި) އާއްމު ކުރަން އަޅުގަނޑު އުޒުރުވެރިވަން. އެކަމަކު 241 ކޮމިޓީގައި، ސިއްރު ޖަލްސާއެއްގައި މި މަޢުލޫމާތު އަޅުގަނޑުމެންނަށް ހާމަ ކުރެވިދާނެ

ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން 

ދިވެހިރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތިން ޑްރޯން ގެނެސްފައިވާއިރު، އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ގެނައި އާލާތްތައް ގެނެސްފައިވަނީ ތުރުކިޔޭގެ ހިލޭ އެހީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ ތުރުކިޔޭގެ ރައީސް އަށް ޝުކުރު ދަންނަވާފައެވެ. 

ދިވެހިރާއްޖޭ އިން 974000 އަކަ ކިލޯމީޓަރަށް ދެމިގެންދާއިރު އެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ޑްރޯނެވެ.

ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ. ހަމައެއާއެކު 300 ކިލޯމީޓަރު ދުރުން މައިމަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ