ރޭގެ ޖަލްސާގެ ތެރެއިން- ފޮޓޯ/ ވޮއިސް
ހަބަރު
27 Mar 2024 | 10:55
ރައްޔިތުންގެ ކަންކަމަށް ހުރަސްއަޅާ ބަޔަކު މަޖިލީހަށް ހޮވާނީތޯ ނޫންތޯ އެބަޖެހޭ ވިސްނަން: ރައީސް މުޢިއްޒު

ރައްޔިތުންގެ ކަންކަމަށް ހުރަސްއަޅާ ބަޔަކު ކުރިއަށް ފަސް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހޮވުމާއިމެދު ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. 

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީ ޓިކެޓްގައި ކުރިއަށް ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ދިވެހީންގެ ރާއްޖެއަށް ދަތުރު ކުރުމަށް ފެށި މަސައްކަތުގެ މިހާތަނަށް ހާސިލް ވެފައިވަނީ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމަކީ ދިވެހީންގެ ރާއްޖެއަށް ދިޔުމަށް ކުރާ އުއްމީދުތައް ހާސިލްވުމަށް އެންމެ މުހިންމު ކަންތައް ކަމަށެވެ. 

މިއާއެކު ރައީސް ވަނީ މިހާރުގެ އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ސަރުކާރުން ފޮނުވަމުންދާ ބިލު ތަކާއިމެދު ކަންކަން ކުރައްވަމުން އަންނަ ގޮތަށް އަލި އަޅުއްވާ ލައްވާފައެވެ. 

އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުނު ސޮވެރެން ޑިވެލޮޕްފަންޑާއި ބެހޭ ބިލަކީ ރައްޔިތުންނަށް ނުހަނު މުހިންމު ބިލެއް ނަމަވެސް އިއްޔެ މަޖިލީހުން އެ ބިލު ބޭރުކޮށްލާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ކަމުން، ރައްޔިތުންގެ ކަންކަމަށް އެފަދައިން ހުރަސްއަޅާ ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް މަޖިލީހަށް ހޮވުމާއިމެދު ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މި ވޭތުވެރިޔަ ހަތަރު މަސްދުވަހު ފެނިގެން މިދަނީ ސަރުކާރުގެ ވިސްނުމުގައި ނެތް މީހުން މަޖިޅީހުގައި ތިބުމުން ކަން ވަމުންދާ ގޮތް. އަޅުގަނޑުމެން ފާސް ކުރަން ބޭނުންވާ، ރައްޔޮތުންނަށްޓަކައި ހުށަހަޅާ ބިލުތައް ތަޅުމުން ބޭރުކުރާތަން ފެނިގެން މިދަނީ. އެންމެ ފަހުން އެކުރެއްވި ކަމަކީ އިގްތިސާދު ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ފެށި އެންމެ މުހިންމު މަސައްކަތް ސޮވެރެން ޑިވެލޮޕްމެންޓް ފަންޑު އަލުން ވަރުގަދަކޮށް އެ ފަންޑަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް އެންމެ ފުރަތަމަ، މަޖީލިހަށް ވެއްދި އެންމެ މުހިންމު ބިލަކީ، ސޮވެރެން ޑިވެލޮޕްމަންޓް ފަންޑާއި ބެހޭ ބިލު. އެ އެވަނީ މަޖިލީހުން ބޭރު ކޮށްލާފައި. ރައްޔިތުން އެބަޖެހޭ އެބޭފުޅުންގެ އެ ގައުރު ޒިންމާދާރު އަމަލަށް ކުރިއަށް އޮތް މަޖިލިސް އިންތިާބުގައި ޖަވާބުދެއްވަން. އަޅުގަނޑުމެންގެ ކަންކަމަށް ހުރަސް އަޅައި، ރައްޔިތުންގެ ހައްގުގައި ކުރެވޭ ކަންކަމަށް މިގޮތަށް ހުރަސްއަޅާ ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް ހޮވާނީތޯ ނޫންތޯ ރައްޔިތުން އެބަޖެހޭ ނިންމަން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮއްވަވާނީ ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަމާއިމެދު ޔަގީންކުރައްވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސޮވެރެން ޑިވެލޮޕްމަންޓް ފަންޑާއި ބެހޭ ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން، އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ލާފައިވަނީ އެންމެ މެންބަރެކެވެ. އެހެންކަމުން ބިލު ވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.