ބްރިޖްގައި ބޯޓުން ޖެހުމާއި ގުޅިގެން ބްރިޖް ވެއްޓިފައި--- ފޮޓޯ: އެންޕީއާރު
ދުނިޔެ
27 Mar 2024 | 09:52
މުދާ އުފުލާ ބޯޓަކުން ޖެހި އެމެރިކާގެ މުހިންމު ބްރިޖެއް ވެއްޓިއްޖެ

މުދަލުން ބަރުކޮށްފައި އޮތް ކާގޯ ބޯޓެއް އެމެރިކާގެ ބަލްޓިމޯގެ މުހިންމު ބްރިޖެއްގައި ޖެހި، އެ ބްރިޖް ވެއްޓިއްޖެއެވެ.

ފްރާންސިސް ކީ ގެ ނަމުން ނަންދެވިފައިވާ މި ބްރިޖް ވެއްޓުނީ އެ ދިމާލުން ދަތުރުކުރި ކާގޯ ބޯޓެއްގެ އިންޖީނު ނިވި ކަރަންޓު ކެނޑުމާއި ގުޅިގެން ބޯޓު ކޮންޓްރޯލުން ނެއްޓުމުން، އޭގެ ކޮންޓްރޯލް ހޯދަން އުޅެނިކޮށް އެ ބްރިޖްގެ ތަބެއްގައި ޖެހިގެންނެވެ.

ބަރުދަނުގައި 95،000 ޓަނު އަދި ދިގުމިނުގައި 984 ފޫޓު ހުރި މި ބޯޓު ޖެހިފައިވަނީ ބްރިޖްގެ މެދު ތަނބުގައެވެ. މޭރީ ލޭންޑް ގެ ގަވަރުނަރު  ވެސް މޫ ވިދާޅުވީ މި ހާދިސާގައި ލިބުނު ގެއްލުން ކުޑަކުރެވުނީ ބޯޓަށް މައްސަލައެއް ދިމާވެ ކޮންޓްރޯލް ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުމާ އެކު، އެ ސަރަހައްދުގެ އިދާރާތަކު ބްރިޖުން ވެހިކަލްތައް ހުސްކޮށް އެތަން ބަންދުކުރުމުން ކަމަށެވެ.

47 އަހަރުގެ މި ބްރިޖް ވެއްޓުނު ވަގުތު ބްރިޖްގައި ތިބީ ހަމައެކަނި ބްރިޖްގައި މަސައްކަތް ކުރާ މީހުން ކަމަށާއި، ބްރިޖް ވެއްޓުމާއިއެކު ވަގުތުން ރެސްކިއު މިޝަން އެއް ފެށި ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. 

މި މިޝަން ގައި 2 މީހަކު ސަލާމަތް ކުރި ނަމަވެސް މިހާރު މި މިޝަން ހުއްޓާލުމަށްފަހު އެގައުމުގެ ސިފައިން ވަނީ ނުފެނި ގެއްލިފައިވާ 6 މީހުން މަރުވެފައިވާ ކަމަށް އިއުލާން ކޮށްފައެވެ. ކޯސްޓްގާޑްގެ ރިއަރ އެޑްމިރަލް ޝެނަން ގިލްރެތު ވިދާޅުވީ، ފެނުގެ ފިނި ހޫނު މިނާއި، ހާދިސާ ހިނގުމަށްފަހު ހޭދަވި ވަގުތާއި މަސައްކަތްތެރިން ހޯދުމަށް ކުރިއަށްގެންދެވުނު ފުޅާ މިޝަން އަށްފަހު އެމީހުން ވަނީ މިހާރު ރެސްކިއު މޯޑުން ރިކަވަރީ މޯޑަށް ބަދަލުވެފައި ކަމަށެވެ.

ބްރިޖް ވެއްޓެން މެދުވެރިވި ހާދިސާ އަކީ އެކްސިޑެންޓެއް ކަމަށާއި މިއީ ޓެރަރިޒަމް ނުވަތަ އެނޫން ވެސް އެކަމާއި ގުޅުން ހުރި ހަމަލާ އެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ބްރިޖަކީ ދުވާލެއްގެ މައްޗަށް 30،000 އާއި 35،000 ދެމެދުގެ އަދަދެއްގެ ކާރުތަކާއި ޓްރަކްތައް ދުއްވާ ބްރިޖަކަށް ވާއިރު، މި ބްރިޖް ވެއްޓުމާއި ގުޅިގެން މި އުޅަނދުތަކަށް ކައިރީގައި ހުރި ޓަނެލް ތަކުން ދަތުރު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. މިއާއި ގުޅިގެން ޓްރެފިކަށް ބޮޑެތި ބަދަލު ތަކެއް އަންނައިރު، މި ޓަނެލް ތަކުގައި ނުރައްކާތެރި ތަކެތި އުފުލުމަކީ މަނާކަމަށް ވާތީ، ކުރިން ބްރިޖުން މި ތަކެތި އުފުލި ޓްރަކް ތަކަށް ޖެހޭނީ ކުރިއަށްވުރެ ދިގު ރާސްތާއަކުން އެތަކެތި އުފުލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ