ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހަބަރު
27 Mar 2024 | 14:16
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހާމައަށް ހުރި ޓްރާންފޯމަރުތަކުގެ މައްސަލަ ހައްލުކުރާނަން: ފަހުމީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހާމައަށް ހުރި ޓްރާންފޯމަރުތަކުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ސެޓްލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފްލެޓުތައް ކައިރީގައި އެއްވެސް ރައްކާތެރިކަމެއް ނެތި ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެ އަދި އެފަދަ ހާދިސާއެއް ހިނގާފައިވުމާ ގުޅިގެންނެވެ.

މިކަމަށް ޙައްލު ގެންނަވާނެކަމަށް ވިދާޅުވެ ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ކުރީ ސަރުކާރުން އިހުމާލުވެފައި ހުރި ކަންތައްތަކެއް ކަމަށެވެ.

އަދި މިފަދަ ހުރިހާ ކަމަކަށް އެޓެންޑްވެ އެކަންކަމަށް ޙައްލުހޯދައިދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ މި ސަރުކާރުންކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކަށްވާ މިފަދަ ކޮންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙައްލު ކުރުމުގެ ލަޔާޤަތާއި ޤާބިލްކަން މި ސަރުކާރުގައި ހުންނާނެ.

އެމްޑީ ފަހުމީ އެކްސްގައި ވިދާޅުވިއެވެ. 

މިގޮތަށް ހާމައަށް ޓްރާންސްފޯމަރުތައް ހުރުމުގެ ސަބަބުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، އެ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވައި އެމްޑީ ފަހުމީ ވެސް ވަނީ އެއީ ވައްކަން ކުރާ މީހުންނަށް ވެސް ނުރައްކާތެރި ކަން ހަނދާންކޮށްދީފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފަތިހާއި އަދި ހުކުރު ދުވަހުގެ ރޭ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން ކަމަށާއި، މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، ޓްރާންސްފޯމަރު ތައް ވަގަށް ނަގައިގެން ވިއްކާ، މިދަފަ ތަކެތި ގަންނަ ފަރާތްތަކަށް ފިޔަވަޅުއަޅައިދިނުމަށް ފަހުމީ ވަނީ ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހުރޭ ފަތިހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް، ކަރަންޓުގައި ޖެހި މީހަކުވެސް ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.