އިޒްރޭލުން މަރާލިކަމަށް ބުނާ ރޮކެޓްޔުނިޓްގެ ލީޑަރު -- ފޮޓޯ: އަނަޑޯލު
ދުނިޔެ
30 Mar 2024 | 14:43
ލުބުނާނު ހަނގުރާމަވެރިންގެ ރޮކެޓް ޔުނިޓް ލީޑަރަކު މަރާލި ކަމަށް އިޒްރޭލުން ބުނެފި

ލުބުނާނުގެ ދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތުގެ ރޮކެޓް ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވި ހިޒްބުاللهގެ އިސް އޮފިޝަލަކު މިދިޔަ ހުކުރު ދުވަހު މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުاللهގެ ރޮކެޓް ޔުނިޓްގެ ޑެޕިއުޓީ ހެޑްގެ ގޮތުގައި ސިފަކުރާ އަދި އިޒްރޭލުގެ އާންމުންނާ ދެކޮޅަށް ހަމަލާތައް ދީ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ އަބްދުލް ހަސަން ނާއިމަށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

ލުބުނާނުގެ އޮފިޝަލުން ބުނި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައި ވަނީ ޓަޔަރު ކައިރީގައި އޮންނަ ބަޒޫރިއްޔާ އަވަށުގައި ހުންނަ ނާއިމްގެ ވެހިކަލަށެވެ. އިސްރާއީލުގެ ބޮމުގެ ހަމަލާގައި ނާއިމް ހިމެނޭ ގޮތަށް ހިޒްބުالله ޖަމާއަތުގެ ހަތް މެމްބަރަކު މަރުވިކަން ކަށަވަރުކޮށްދިން ނަމަވެސް، އެ ހާދިސާ ހިނގި ވަގުތެއް އަދި ތަނެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ހިނގާފައި މިވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންނާ އެއްބައިވަންތަވުމުގެ ގޮތުން ފާއިތުވި ހަފުތާތަކުގައި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދެމުން އަންނަ ހިޒްބުاللهގެ ރޮކެޓް ގާބިލްކަން ދަށްކުރުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައެވެ.

ލުބްނާނުން ނުކުންނަ ކޮންމެ ހަމަލާއެއްގެ އަގެއް އެމީހުންނަށް ދައްކާނަން،" ހުކުރު ދުވަހު އުތުރުގެ ސަރަހައްދަށް ވަޑައިގަތުމަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އިންޒާރު ދެއްވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުންދާއިރު، ހިޒްބުالله އިން ވަނީ އިސްރާއީލާ އެކު ކޮންމެ ދުވަހަކު ވެސް ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ލުބްނާނުގައި ނުރައްކާތެރި ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، އެހަމަލާތަކުގައި މިހާތަނަށް 347 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ހިޒްބުالله ގެ ހަނގުރާމަވެރިންނެވެ. އަދި އެހަމަލާތަކުގައި އާންމުންގެ 68 މީހުން މަރުވެފައިވާ ކަމަށް މޮނިޓަރިން ގްރޫޕްތަކުން ބުނެއެވެ.

އިޒްރޭލުން ބުނީ ހިޒްބުاللهގެ ހަމަލާތަކުގައި އެގައުމުގެ 18 ސިފައިންނާއި އިތުރު އާންމުން މަރުވެފައިވާ ކަމަށެވެ.

ލުބުނާނުގެ ދެކުނުގައި ހުންނަ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޢާއްމުންގެ އިތުރުން ލުބުނާނުގައި ހަރަކާތްތެރިވަ މެޑިކަލް އޮފިޝަލުން ތަކެއްވެސް މަރާލުމާ ގުޅިގެން ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ކަމަށެވެ.

ވައިޓް ހައުސްއިން އިޒްރޭލާއި ލުބްނާނަށް ވެސް ގޮވާލާފައި ވަނީ ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް އިސްކަން ދިނުމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހިޒްބުالله އިން ބުނީ އެ ޖަމާއަތުގެ ރޮކެޓް ހަމަލާގެ މަގުސަދަކީ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ ހަމާސް އާއި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ