ހައުސިންގ ކޮމިޓީގެ ޗެއަރ އަކަށް އައްޔަން ކުރެވުނު- އީނާސް
ހަބަރު
01 Apr 2024 | 11:21
އަނީސާ އިސްތިއުފާ ދެއްވުމުން ހައުސިންގ ކޮމިޓީގެ ޗެއަރ އަކަށް އީނާސް ހަމަޖައްސަވައިފި

ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަން ކުރެވުނު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ކޮމިޓީއިން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޓީގެ އާ ޗެއާއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސާ އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އާއި ގުޅޭ ފަސް މެންބަރުންގެ ހައުސިންގ ކޮމިޓީއެއް އެކުލަވާލާފައިވަނީ 26 ފެބްރުއަރީ 2024 ގައެވެ. ނަމަވެސް އެ ކޮމިޓީގެ ޗެއަރ އަކަށް ހަމަޖެއްސެވުނު އަނީސާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ހައުސިން ކޮމިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ތިން މެންބަރަކު އިތުރުކޮށްފައިވާ ކަމަށާއި އަނީސާ އިސްތިއުފާދެއްވުމުން އެ ކޮމިޓީގެ ޗެއާކަމަށް އެހެން ބޭފުޅަކު އައްޔަން ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އާ ޗެއާއަކަށް އައްޔަނު ކުރެވުނީ އީނާސް ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

ކޮމެޓީ މިހާރު އެކުލަވާލާފައިވާ ގޮތް:

1) އާމިނަތު އީނާސް - ކޮމިޓީގެ ޗެއާ

2) އަބްދުލްއަޒީޒް ޔޫސުފް - ޑެޕިއުޓީ ޗެއާ

3) އަހްމަދު އަލިމަނިކު

4) މަރިޔަމް ފިޒާނާ ރަޝީދު

5) މުހައްމަދު މައުރޫފް ޖަމީލް

6) ފާތިމަތު ސައީދު

7) އާމިނަތު ޝައީރާ

މި ބޭފުޅުންގެ ތެރެއިން މައުރޫފާއި ފާތިމަތާއި ޝައީރާ މި ކޮމިޓީގެ މެންބަރުކަމަށް ހަމަޖެއްސީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މިހާތަނަށް ހައުސިންގ ކޮމިޓީގެ 7 ބައްދަލުވުން ބޭއްވިފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.