އަލްޝިފާ ހޮސްޕިޓަލު -- ފޮޓޯ: އަލްޖަޒީރާ
ހަބަރު
01 Apr 2024 | 21:05
ދެ ހަފްތާގެ ރެއިޑަކަށްފަހު އިސްރާއީލު ސިފައިން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ނުކުމެއްޖެ

​​ދެ ހަފްތާގެ އޮޕަރޭޝަނަކަށް ފަހު ނިރުބަވެރި އިސްރާއީލުން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ސިފައިން އަނބުރާ ގެންގޮސްފިއެވެ.

ނިރުބަވެރި އިސްރާއީލު ސިފައިން އުތުރުގެ ޣައްޒާ ސިޓީގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ފާސްކުރަން ފަށާފައިވަނީ، މަރޗް 18 ވަނަ ދުވަހު، ހޮސްޕިޓަލުގެ އެ ކޮމްޕްލެކްސްއަކީ ހަމާސްއިން ބޭސްއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މަރުކަޒެއް ކަމަށް ބުނެއެވެ. މިއަދުގެ ވަގުތެއްގައި އިސްރާއީލު ސިފައިން އަލް ޝިފާ ހޮސްޕިޓަލުން ނުކުމެފައިވަނީ ދެ ހަފްތާ ވަންދެން ހޮސްޕިޓަލުގައި ރެއިޑް ކުރުމަށް ފަހުގައެވެ.

"ޝިފާ ހޮސްޕިޓަލް ސަރަހައްދުގައި ސިފައިން ވަނީ އޮޕަރޭޝަނަލް އެކްޓިވިޓީ ނިންމާފައި އެ ސަރަހައްދުން ނުކުމެފައި،" 

އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

ހަމާސްގެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އިސްރާއީލުން ބުނާއިރު، އޭގެ ތެރޭގައި ސީނިއާ އޮޕަރޭޓިވުން ވެސް ހިމެނޭތީ، ދެ ހަފްތާއަށް ދެމިގެން ދިޔަ މި ރޭޑު، އިސްރާއީލުގެ އަސްކަރިއްޔާއިން ސިފަކޮށްފައިވަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ އެންމެ ކާމިޔާބު އެއް އޮޕަރޭޝަންގެ ގޮތުގައެވެ. ތަރުޖަމާނަކު ބުނި ގޮތުގައި "ހަނގުރާމަވެރިން" ކަމަށް ޝައްކު ކުރެވޭ 900 އެއްހާ މީހުން ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި ހޮސްޕިޓަލަށް ފާސްކުރީ، އާންމުންނާއި ބަލިމީހުންނާއި މެޑިކަލް ޓީމުތަކަށް ގެއްލުން ދިނުމެއް ނެތިއެވެ. 

ނަމަވެސް، އޮންލައިންކޮށް ދައުރުވަމުން ދާ ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، ހޮސްޕިޓަލަށް ވަނީ ބުލްޑޯޒަރުތަކުން ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އަދި މެޑިކަލް މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލްޝިފާ ހޮސްޕިޓަލުގެ، ކޮމްޕްލެކްސްގެ ތެރެއިންނާއި ވަށައިގެންވާ މަގުތަކުން އެތައް ސަތޭކަ ހަށިގަނޑެއް ފެނިފައިވެއެވެ.

އާދީއްތަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވީ އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލް ވަށާލަން ފެށިފަހުން 21 ބަލިމީހަކު މަރުވެފައިވާ ކަމަށެވެ.

“މިތަނުގައި ދިރިއުޅުމެއް ނެތް. ކޮމްޕްލެކްސް އޮތީ ހަލާކުވެފައި، އަލުން ދިރުވައި ނުލެވޭނެ ވަރަށް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އޮކިއުޕޭޝަން ފޯސްތަކުން ގަސްތުގައި ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ޣައްޒާ ސިޓީގެ އެންމެ ބޮޑު މެޑިކަލް ކޮމްޕްލެކްސް ހަލާކުކޮށްލީ.”

އަލްޖަޒީރާގެ ނޫސްވެރިޔާ، އިސްމާއިލް އަލް ޣޫލް ރިޕޯޓް ކުރިއެވެ.

މި ރެއިޑަށް ފަހު، އަލް ޝިފާ ހޮސްޕިޓަލުގައި ހިންގައިފައިވާ ލޭއޮހޮރުވުންތައް ތަޙްޤީގު ކުރުމަށް، ހަމާސްއިން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީ އަށް ގޮވާލާފައެވެ. 

ނިރުބަވެރި އިސްރާއީލުން، އޮކްޓޯބަރު މަހުންފެށިގެން މެދުކެނޑުމެއްނެތި، ވައިގެ މަގުންނާއި، ބިމާއި ކަނޑުން ދެމުންދާ ވަރުގަދަ ހަމަލާތަކުން، ޝަހީދުވި މީހުންގެ އަދަދު 32،845 އަށް އަރާފައިވާއިރު، 75،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 63 މީހުން ޝަހީދުވެ، 94 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.