ޝެއިޚް އިބްރާހިމް މެންކު ސަލްމާން މިސްކިތުގައި ދަރުސް ދެއްވަނީ- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
02 Apr 2024 | 06:44
ޝެއިޚް އިބްރާހިމް މެންކުގެ މިއަދުގެ ދަރުސްގައި ހިޖުރައިގެ ދަތުރުފުޅުގެ ވާހަކަތައް!

އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ޝެއިހް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމްގެ މަދީނާއަށް ހިޖުރަ ކުރެއްވި ދަތުރުފުޅުގެ މައްޗަށް ކަމަށް އަލް އަސްރުން ބުނެފިއެވެ. 

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ކޮންމެ ދުވަހަކުވެސް އަސުރު ނަމާދަށްފަހު އައްޝައިޚް އިބްރާހިމް މެންކު، ދެއްވާ މި ސިލްސިލާ ދަރުސްތައް އޮންނަނީ ސަލްމާން މިސްކިތުގައެވެ. 

އިނގިރޭސި ބަހުން ދެއްވާ މި ސިލްސިލާ ދަރުސްތަކުގައި މިފަހަރު ޝެއިޚް އަލިއަޅުވާލައްވަނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު (ޞޢވ) ގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި ހިތާމަތަކާއި އެކަން ކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތުގެ މައްޗަށް ކަމަށް އަލް އަސްރުން ވޮއިސް އަށް ވަނީ މައުލޫމާތު ދީފައެވެ. 

އަދި މީގެ އިތުރުން ސުންނަތުގެ އަލީގައި އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ހިތާމަތަކާއި ކުރިމަތިލާނެ ގޮތަށްވެސް ދަރުސް ތަކުގައި އަލިއަޅުވާލައްވާނެ ކަމަށް އަލް އަސްރުން ބުނެއެވެ. 

އެގޮތުން އިއްޔެ ދެއްވި ދަރުސްގައި ޝެއިޚް އަލިއަޅުވާލައްވާފައި ވަނީ “ޠާއިފްގެ ދަތުރުފުޅު” ގެ މައްޗަށެވެ. 

ބެންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ސްޕޮންސަރޝިޕާއިއެކު ކުރިއަށް ގެންދާ މި ދަރުސްތަކުގެ މީޑިއާ ޕާޓްނަރަކީ “ވޮއިސް” އެވެ. އަދި މި ހުރިހާ ދަރުހެއް ވޮއިސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.  

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. ޝެއިޙް އިބްރާހިމް މެންކް ވަނީ މީގެ ކުރިންވެސް ދެފަހަރު މަތިން މިފަދަ ސިލްސިލާ ދަރުސް ރާއްޖޭގައި ދެއްވާފައެވެ. 

އެގޮތުން އަލް ޢަސްރުން އިންތިޒާމް ކޮށްގެން 2019 ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާއެއް ބާއްވާފައިވާއިރު، 2022 ވަނަ އަހަރުވެސް އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން "ލިވިންގ ވިތް ޤުރްޢާން" ނަމުގައި ސިލްސިލާ ދަރުސް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޝައިހް އިބްރާހިމް މެންކް އަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ބެފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.