އެމްޑީޕިގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް— ފޮޓޯ/ އެމްޑީޕި
ހަބަރު
02 Apr 2024 | 12:33
އެމްޑީޕީން ފާސްކުރި އެންޓި-ޑިފެކްޝަން ބިލަށް އިތުރު ބަދަލުތައް ގެންނަންޖެހޭ ކަމަށް ފައްޔާޟު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މަޖިޅީހަށް ހުށަހަޅައި، އެޕާޓީގެ ތާއީދާއެކު ފާސްކުރި އެންޓިޑިފެކްޝަން ބިލަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ "މިސްރާބު ހަމަމަގަށް" ޝިޢާރުގެ ދަށުން އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް، ޙަސަން އިޔާދު ސަލީމުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، މީގެ ކުރިން ޔާމީން ސަރުކާރުގައި ފާސްކުރެވުނު އެންޓި ޑިފެކްޝަން ބިލް، އެމްޑީޕީން ބާތިލް ކުރީ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެ ބިލް ބާތިލް ކުރީ، އޭރުގެ ޕީޕީއެމް ސަރުކާރުން އެ ބިލް އެކުލަވާލާފައިވަނީ ޕާޓީއާއި ދެކޮޅަށް ވާހަކަ ދައްކާ މެންބަރުންގެ “ދުވަސް ދުއްވާލަން” ކަމަށްވާތީ ކަމަށެވެ. 

އެ ބިލާއި ޚިލާފަށް އެމްޑީޕީން މިފަހަރު ފަރުމާކޮށް ފާސްކުރި ބިލަކީ ޕާޓީން ބޭނުންވި ނަމަވެސް ފަސޭހައިން އެ މެންބަރު ކަނޑާލާފައި އެއްލާ ނުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. 

“އަޅުގަނޑުމެން ފަރުމާ ކޮށްފައި އޮތް ބިލަކީ، ޕާޓީއަށްވެސް ބޭނުން ނަމަ، މެމްބަރުން ކަނޑާ އެއްލައެއް ނުލެވޭނެ. އޭގެ ޕްރޮސެސް ތަކެއް އެބަހުރި. ކޯޓާއި ހަމާއަށް ދެވޭނެ. އެއީ ޕާޓީއަކުންވެސް ގޯހެއް ހަދާފާނެ. އެކަން އޮތީ 2013 ގައި ފެންނަން. އެކަންކަން ރަނގަޅުކޮށްފައި އަޅުގަނޑުމެން އެއޮތީ ބިލް ފާސްކޮށްފައި.” ފައްޔާޒު ވިދާޅުވިއެވެ.

އަދިވެސް މި ބިލަށް އިތުރު ބަދަލުތައް ގެންނަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިސާލަކަށް ދަންނަވަންޏާމުން އާއްމު ރައްޔޮތުންގެވެސް ބަހެއް އޮންނަންޖެހޭ މެންބަރު ވަކިވާއިރު. ރިކޯލް ސިސްޓަމެއް އޮންނަންޖެހޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެން އެ ބަދަލު ބިލަށް ގެންނާނަން

ފައްޔާޒު އިސްމާއީލް 

ރައްޔިތުންގެ މަޖީލީހަށް އެ މެމްބަރަކު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. ބިލު ހުށަހަޅުއްވާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބުވުމަށް ފަހު ދެން ޕާޓީ ބަދަލުކުރާ ހާލަތެއްގައި އަމަލު ކުރަން ޖެހޭ އުސޫލު ބަޔާން ކުރުމަށް ކަމަށް މެންބަރު އަހުމަދު ވަނީ ވިދާޅުވެފައެވެ.  

އެހެންކަމުން ދައުރުގެ މެދުތެރޭގައި މެމްބަރަކު ގޮނޑި ބަދަލުކޮށްފި ނަމަ، އެބޭފުޅެއްގެ ގޮނޑިއާއި މެދު އަމަލު ކުރާނެ ގޮތާއި ގޮނޑި ގެއްލުމުން ދެން ބައި އިލެކްޝަން ބޭއްވުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކޮށް ގާނޫނެއް ގެނައުމަށް އަހުމަދު ވަނީ ހުށަހަޅުއްވާފައެވެ.

އެ ބިލުގައި ބުނާގޮތުން ޕާޓީ ބަދަލުކޮށްފިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެމްބަރަކު އިސްތިއުފާ ދޭންވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލް، އަދި ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީގެ ގޮނޑި ހުސްވާނީ ވެސް އިލެކްޝަންސް ކޮމިޝަނުގައި އެކަން ދަފްތަރުވާ ހިސާބުންނެވެ.

މި ބިލު މަޖިލީހުން ވަނީ ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް މުޢިއްޒަށް ވަނީ ފޮނުއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.