އައިއޭސީއިން ތުރުކީގެ ނިކަމެތި ކުދިންނަށް ބޭއްވި ޚާއްސަ ރޯދަ ވީއްލުމުގެބތެރެއިން— ފޮޓޯ/ ވޮއިސް
ހަބަރު
02 Apr 2024 | 13:16
އައިއޭސީއިން ތުރުކީގެ ނިކަމެތި ކުދިންނަށް ޚާއްސަ ރޯދަ ވީއްލުމެއް ބާއްވައިފި

އިންޓަ ނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ތުރިކީގެ ހަތޭ ޕްރޮވިންސްގައި އިފްތާރު ޕްރޮގްރާމެއް ބާއްވައިފިއެވެ. 

މި އިފްތާރް ޕްރޮގްރާމްގައި އެ ސަރަހައްދުގައި ދިރިއުޅެމުންދާ 1000 އެއްހާ މީހުން ބައިވެރިވެފައިވާ އިރު 300 އެއްހާ ކުޑަ ކުދިންވެސް ހިމެނެއެވެ.

މިދިޔަ އަހަރު ތުރުކީ އަދި ސީރިއާއަށް އައި 7.8 ބާރުމިނުގެ ބިންހެލުމުގައި، އެންމެ ބޮޑަށް އަސަރު ކުރި އެއް ހިސާބު ކަމުގައިވާ ހަތޭ ޕްރޮވިންސްގައި ގިނަ އަދައްދެގެ އާއިލާތަކަށް ވަނީ ގެއްލުންލިބިފައެވެ. އަދި ގެއްލުން ލިބުނު މީހުންގެ ތެރޭގައި އެތަކެއް ސީރިއާ ރެފިއުޖީއިންވެސް ހިމެނެއެވެ. 

އައިއޭސީއިން ތުރުކީގެ ނިކަމެތި ކުދިންނަށް ބޭއްވި ޚާއްސަ ރޯދަ ވީއްލުމުގެބތެރެއިން— ފޮޓޯ/ ވޮއިސް

މި އިފްތާރު ޕްރޮގްރާމް ޚާއްސަ ކުރެވިފައިވަނީ މި ސަރަހައްދުގައި ޓެންޓުތަކުގައި އަދި ގެއްލުން ލިބިފައިވާ ގެތަކުގައި ދިރިއުޅެމުންދާ ކުޑަ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ކުޑަ ކުދިންނަށް ޚާއްސަ ކުޅިވަރާއި ހަރަކާތްތަށްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އައިއޭސީއިން ތުރުކީގެ ނިކަމެތި ކުދިންނަށް ބޭއްވި ޚާއްސަ ރޯދަ ވީއްލުމުގެބތެރެއިން— ފޮޓޯ/ ވޮއިސް

އައިއޭސީގެ މީޑިއާ އަދި ޕީއާރް ޑިރެކްޓަރ، އަޒްހަދު އަޚްމަދު ބުނީ، އައިއޭސީގެ މި އިފްތާރު ޕްރޮގްރާމްއަކީ "ލޯތްބާއިއެކު" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. ލޯތްބާއިއެކު ޕްރޮޖެކްޓަކީ 2018 ވަނަ އަހަރުގެ ތެރޭގައި ރަމަޟާން މަހަށް ޚާއްޞަކޮށް އައިއޭސީއިން އިފުތިތާހުކުރި ޕްރޮޖެކެޓެވެ.  މި ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމެވެ.

ތުރުކީއަށް އައި ބިންހެލުމަށް އަހަރެއް ވެފައިވާ އިރުވެސް، އެ ހިސާބުގެ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން އަދިވެސް ދިރިއުޅެމުންދަނީ ޓެންޓުތަކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.