ޝައިޚް މަޙްމޫދު އަލްޙަސަނަތު --- ފޮޓޯ: ވިކިޕީޑިޔާ
ދުނިޔެ
02 Apr 2024 | 21:48
ފަލަސްތީނުގެ ޝައިޚް މަޙްމޫދު އަލްޙަސަނަތު އިސްލާމީ އުއްމަތަށް ފޮނުއްވި ކުރު މެސެޖެއް

ފަލަސްތީނު މިއަދު ވެއްޓިފަިއ އޮތް ޙާލަތު ފެނި އުންމަތް ހޭނުލާ ނަމަ، ބުނާ ބަހަކުން އަންނާނެ ބަދަލަކާމެދު، ފަލަސްތީނުގެ ޝެއިޚް މަޙްމޫދު އަލްޙަސަނަތު ސުވާލު އުފައްދަވައިފިއެވެ.

"ފަލަސްތީނުގެ 30،000 ޝަހީދުންނާއި، 70000 ޒަޚްމްވެފައިވާ މީހުންނާއި އަދި 2 މިލިއަން ގެދޮރު ނެތް މީހުންނަށް އުއްމަތް ހޭލައްވާނުލެވޭނަމަ އަޅުގަނޑުގެ ބަސްތަކުން ކުރާނީ ކޮން އަސަރެއް؟ އިތުރަށް ބުނާނީ ކާކަށް ކީކޭ؟"

ޝައިޚް މަޙްމޫދު އަލްޙަސަނަތު ވިދާޅުވިއެވެ.

ޝެއިޚް މިފަދައިން ސުވާލުކުރައްވާފައިވަނީ، އޭނާ ދެއްވި އެންމެ ކުރު ޚުޠުބާގައެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، ޙާލަތު ދަނީ އަދިވެސް ދުވަހެއް ދުވަހަކަށް ގޯސް ވަމުންނެވެ. އެގޮތުން އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު، މި ފެށުނު އޭޕްރިލް މަހުގެ ނިޔަލަށް 33،301 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހަމައެކަނި ހުޅަނގުއައްސޭރީގައިވެސް 456 މީހުން ޝަހީދު ކޮށްލާފައިވާއިރު މީގެ ތެޜޭގައި 117 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 32،845 އަށް އަރާފައެވެ. މީގެ ތެރޭގައި 13،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ އިރު، 8،400 ޝަހީދުންނަކީ އަންހެނުންނެވެ. 75،392 މީހުން ޒަޚަމްވެފައި ވާއިރު، ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު ވަނީ 8،000 އަށް އަރާފައެވެ.

ހަނގުރާމައަށް 179 ދުވަސް ވީއިރު ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން އާބާދީގެ ބޮޑު ބައެއް ދަނީ ބަނޑުހައިހޫނު ކަމުގައި މަރުވަމުންނެވެ. ޣައްޒާގެ އުތުރުގައި 300،000 އެއްހާ މީހުން ތާށިވެފައި ތިބިއިރު، ކާބޯތަކެތި ހިމެނޭ ގޮތަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން ހުއްޓުވުމުން ފާއިތުވި ހަފްތާތަކުގައި ޖަނަވާރުތަކުގެ ކާނާ ކެއުމަށް ވަނީ މީހުންނަށް މަޖުބޫރުވެފައެވެ. އަދި ފާއިތުވި ހަފްތާތަކުގައި ރަނގަޅު ކާނާ ނުލިބި، 27 ކުޑަކުދިން ވަނީ ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާގައި އަލަށް އުފަންވާ ކުދިން މަރުވާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާއިރު، އުފަންވާ ކުދިންގެ ބަރުދަން ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޣައްޒާގައި ތިބި ޑޮކްޓަރުންނާ ހަވާލާދީ ބުނެފައެވެ.

"އެކި ޑޮކްޓަރުން، ޚާއްސަކޮށް ވިހެއުމުގެ ހޮސްޕިޓަލްތަކުގައި ތިބި ޑޮކްޓަރުން، ރިޕޯޓް ކުރަމުންދަނީ އުފަންވާއިރުވެސް ބަރުދަން މާ ލުއި ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާ ކަމަށާއި، ހަމައެކަނި އުފަންވާ ކުދިން މާ ކުޑަކަމުން ނިއޯނޭޓަލް ޕީރިއަޑުން ސަލާމަތް ނުވެވޭ"

ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގަރެޓް، ޖެނީވާގައި ބޭއްވި ބްރީފިންގައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.