ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Apr 2024 | 13:02
ބައެއް މީހުން ދައްކާ ވާހަކަތަކުން އިހުސާސް ވަނީ ގައުމުގައި ހަމަޖެހުން ބޭއްވުމަށް ބޭނުންނުވާކަން: ރައީސް މުޢިއްޒު

ބައެއް ފަރާތްތައް ދައްކާ ވާހަކަތަކުން އިހުސާސް ވަނީ ގައުމުގައި ހަމަޖެހުން ބޭއްވުމަށް ބޭނުންނުވާކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެމްޕެއިންނަށް ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ގައުމުގައި ހަމަޖެހުން ގާއިމް ކުރެއްވުން ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ވެރިކަންތައް ބަދަލުވެގެން އަންނަ ހިނދު ބަދަލު ހިފުމުގެ ރޫހެއް އޮތް ގައުމެއް ކަމަށާ، ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ޖަލަށް ލުމުގެ ނުބައި އޮއިވަރެއް އެނބުރެމުން ދާ ގައުމެކެވެ.

ނަމަވެސް އެ ބަދަލު ހިފުމުގެ ރޫހު ނައްތާލައްވަން ޖެހޭ ކަމަށާ މި ގައުމަކީ ހަމަޖެހޭ ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބަދަލުހިފުމުގެ ރޫހެއް ނެތް، ބޭނުންވަނީ ހަމަޖެހޭ ގައުމެއް، އަޅުގަނޑު އެކަން ގަބޫލު ނުކުރަން. އަޅުގަނޑު ކެމްޕޭން ތެރޭގައި ވީ ވައުދަކީ ބަދަލު ނުހިފާނެ ވާހަކަ، ބަދަލު ހިފުމުގެ ރޫހު ނެތިގެންދާ ހަމަޖެހޭ ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުން މިދަނީ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވައި، ގައުމުގައި ހަމަޖެހުން ގާއިމް ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާއިރުވެސް، ބައެއް ބޭފުޅުންގެ ވާހަކަތަކުން ގައުމުގައި ހަމަޖެހުން ބޭއްވުމަށް ބޭނުންނުވާކަމުގެ އިހްސާސްވެވަޑައިގަންނަވާ ކަމަށެވެ. 

ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް، ޕޯޑިއަމްތަކުގަޔާއި، މައިކް ތަކުގެ ބޭނުން ހިއްޕަވައިގެން، ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް މި އިހްސާސްވަނީ، އެބޭފުޅުންގެ ހިތްތަކުގައި މިގައުމުގައި ހަމަޖެހުން ގާއިމްކުރަން ބޭނުން ނުވާކަމުގެ އިހްސާސް. އަޅުގަނޑުމެންގެ ކިބައިން ބަދަލު ހިފަން، ދިވެހި ރައްޔިތުންގެ ކިބައިން ބަދަލު ހިފަން ބޭނުންވެފައި ތިބު ކަމުގެ އިހްސާސް

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ ބަދަލު ހިފުމުގެ ރޫހުގައި ތިބި ބައެއްގެ އަތްމައްޗަށް މަޖިލިސް ދޫކޮށްލާފިއްޔާ އެބޭފުޅުން ބަދަލު ހިފުމަށްޓަކައި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ގެންދަވާނެ ކަމަށެވެ. އަދި ދޭދޭ އަފްރާދުންގެ މެދުގައި ހިތުގައި ހުރި ހިޔާލުތަފާތުވުންތަކާއެކު މައާފު ކުރުމާއެކު ގައުމީ ވިސްނުން އިސްކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.