ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ޕީއެންސީ
ހަބަރު
04 Apr 2024 | 10:41
އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމެއް: ރައީސް މުޢިއްޒު

އިދިކޮޅު މައިޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކުރިއަށް އޮތް ފަސް އަހަރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ މާލޭ ރައްޔިތުން މަގުމަތިވުން ފަދަ ކަމަކަށް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިފާއު (ބޮޗޭ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނަށް މާލޭ މޭޔަރ ކަމުގެ މަގާމު ދެއްވުމަށްފަހު، އެމަގާމުގައި ހުންނަވައިގެން ކުރަންބޭނުންފުޅުވި ކަންކަން ސަރުކާރުގެ އެއްބާރުލުން ނުލިބިމުގެ ސަބަބުން ނުކުރެއްވުމުން، އެކަންކަން ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މާލޭ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ ކަމަށެވެ.

އަދި ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންތައްތައް ފުރިހަމައަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސުޕަރ މެޖޭރިޓީ އޮތް އިރުވެސް މާލެ އަށް ގެނައި އެއްވެސް ތަރައްގީއެއް ފެންނަން ނެތް ކަމަށެވެ.

އަދި މާލޭގައި އެ ސަރުކާރުގައި ކުރެވިފައި ހުރީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެވުނު މަދު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލިސް އޮވެ، ސަރުކާރު އޮވެ، މި މާލެ ސިޓީ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތު އެބޭފުޅުން ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ދޫކޮށްލީ. ދެން އިންތިހާބު އައިސް ބޯމަތިވީމާ މިތާ ކައިރި ފަޅެއް ނަގާފައި އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން. އެހެންވީމާ ރައްޔިތުން ނިންމީ އެކަންވެސް ރަނގަޅުކުރަން އަޅުގަނޑަށް ވޯޓު ދޭން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި މާފަންދު ދެކުނު ދާއިރާގައި ވެސް ވަރަށް ހާލުގައި އުޅޭ ރައްޔިތުންގެ ގެތަކަށް އެމަނިކުފާނަށް ދެވިފައިވާކަމަށެވެ.

އަދި އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަތައް ހައްލުކުރުމުގައިވެސް މަޖިލީހުގެ ދައުރު މުހިންމު ކަަމަށާ، އެގޮތުން ނަގަން ޖެހޭ ލޯނުތަކާއި، ސީދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަދި ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލިސް މުހިންމު ކަމަށް ވުދާޅުވިއެވެ. 

މިއާއެކު އެމަނިކުފާނު ވިދާޅުވީ، ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މަޖިލީހުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމެއްކަމަށާ، އެކަން ކުރެވޭނީ އެކަމަށް މަގުފަހިކޮށްދޭނެ މެމްބަރުން މަޖިލީހުގައި ތިބިގެން ކަމަށެވެ.

މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރިގޮތަށް، ކުރިމަތިކުރަން ފަސް އަހަރު ދީގެން މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެމަނިކުފާނު ވިދާޅުވީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލައާއި، އިޖްތިމާއީ މައްސަލަތަކާއި، މަގުތައް ހެދުމާއި، ޕާކިންގެ މައްސަލަ ހައްލުވެ، މުޅި މާލެ ސިޓީއަށް ހަމަޖެހުން ގެނެސްދިނުމަކީ މާލޭ ރައްޔިތުން އެދޭނެ ކަމެއް ކަމަށެވެ. އަދި އެކަން ކަން ކުރެވޭނީ ސަރުކާރުގެ ތެރެއިން މަޖިލީހުގައި އެކަންކަން ކޮށްދޭނެ ބަޔަކު ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.