ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނލި ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން އިވެންޓްގައި ރައީސް ވާހަކަދައްކަވަނީ- ފޮޓޯ/ ޕީޕީއެމް
ހަބަރު
04 Apr 2024 | 12:01
އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރައީސް މުޢިއްޒު

އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ،  ކުރިއަށް އޮތް އިންތިހާބަކީ ރަށްތަކާއި ސިޓީތަކުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތް ތަކުގައި ސަރުކާރަށް އެއްބާރުލުންދޭނެ މީހުން ހޮވަންވީ އިންތިޚާބެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ އެއްބައިވާންޖެހޭ ކަމަށެވެ. 

މިއާއެކު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވީ ނަތީޖާ ނެރޭނެ ސަރުކާރެއް ގާއިމް ކުރައްވާނެ ކަމުގެ ވަޢުދު ކަމަށެވެ. އަދި އަމާޒު ހުރީ ނަތީޖާ ނެރެވޭ ސަރުކާރެއް ޤާއިމްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

."އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރު ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވޭ އެކުރަން އޮތްކަން ކުރުމުގައި ވަގުތު ހޭދަނުކޮށް ނަތީޖާ ނެރުމުގެ މަސައްކަތް ނުކޮށް. ނަތީޖާ ނެރެވެން އޮތީ މަޖިލީހުގެ ދައުރާއި އެކީގައި. އެހެންވީމަ ބޭކާރުވެގެންދާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލީހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމުގެ މަސްލަތު އިސްކޮށް ދާއިރާގެ ރަށްތަކުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެއްކޮށް އިސްކޮށްގެން އެކުވެރިކަމާއެކީގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ސަރުކާރަށް ލިބެންހުރި މުހިންމު ގޮނޑިތަކެއް ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަމަށް ވިސްނަވައި، ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީއާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ ކަމެއް ގޮތުގައި ދެކިގެން  އެންމެން އެކުވެގެން، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

"ރައްޔިތުންގެ މަޖިލީހާ ނުލައި ކަންކަން ކުރުމުގައި ކުރިއަކަށް ނުދެވޭނެ. ބަޖެޓު ފާސްކޮށްދެނީ ރައްޔިތުންގެ މަޖިލީހުން. ތަރައްގީގެ ހަމަ ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ކުރެވޭނީ މަޖިލީހުން ކޮންމެވެސް ކަހަލަ ރުހުމެއް ލިބިގެން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިއާއެކު ރާއްޖޭގައި އޮތީ މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި އިންތިހާބުގައި އެންމެން އެކަތިކަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.