ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި އަބްދުއއރަހީމް އަބްދުالله- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Apr 2024 | 12:47
އަޅުގަނޑު އެ ބޭފުޅަކަށް އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް: ރައީސް ޑރ.މުޢިއްޒު

އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. ފޮނަދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ކިބާގައި ހުންނަން ޖެހޭ ހުރިހާ ސިފައަކާއި، ރައްޔިތުންނަށް އޯގާތެރިކަމާއި އިޚްލާސްތެރިކަމާއި އެކު ހިދުމަތް ކުރުމުގެ ސިފަތައް ފުރިހަމައަށް ހުންނެވި އެއް ކެންޑިޑެޓަކީ އަބްދުއްރަހީމް ކަމަށެވެ.

އަދި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަނިކުފާނުގެ 100 ޕަސެންޓް ތާއިދުއޮތް ކެންޑިޑޭޓަކީ މީގެ ކުރިންވެސް އެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަބްދުއްރަހީމްކަމަށް އެމަނިކުފާނު ވިދާޅުވުއެވެ.  ރައީސް ވިދާޅުވިގޮތުގައު ދާއިރާގައި ކުރިއަށް ގެންދަން ނިންމަވާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އަބްދުއްރަހީމް އިންތިހާބުކޮށްގެން ކަމަށެވެ.

އެހެންވީމާ ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން، އެންމެ މަތީ އިންސައްތައިން މަޖިލީހަށް ހޮވާ މެންބަރަކަށް އަބްދުއްރަހީމް ހެއްދުވުމަކީ އަޅުގަނޑު ވަރަށް އުފާކުރާނެ ކަމެއް. މިކަމުގައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވަވާ

ރައީސް ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް އެމަނިކުފާނަށް ދެއްވެވީ އަބްދުއްރަހީމް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަޔާއި އޭގެ ފަހުންވެސް ކަން ރައީސް މުއިއްޒަށް އެންމެ އެހީތެރިވެވަޑައުގެންނެވީ އަބްދުއްރަހީމް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

.'އަޅުގަނޑު އެ ބޭފުޅަކަށް އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް، އެމަނިކުފާނު ތި ގޮނޑިއަށް ހޮވައިދިނުމަކީ ތިބޭފުޅުންނަށް އަޅުގަނޑަށް ކޮށްދެވޭ ކަމަކަށްވާނެ''

ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް މުއިއްޒު ވަނީ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަސް ގާތްވެފައިވާއިރު ކެމްޕޭނު މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސް ވަރުގަދަ ކުރެއްވުމަށް އެދުވަޑައިގެންފައެވެ. އަދި އެމަނިކުފާނުވަނީ ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށްވެސް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.