ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް --- ފޮޓޯ/ވޮއިސް
ހަބަރު
08 Apr 2024 | 13:09
ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވާ ގޮތަށް ފަސްކޮށްފި

ޕީއެންއެފް އުފައްދާ ޖަލްސާ، މާދަމާ ރޭ ބޭއްވުމަށް ނިންމަވައިފިއެވެ.

ކުރީގެ ސައިންސް މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނުގެ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ އަންގާރަ ދުވަހުގެ ރޭ 9:15 ގައި އޮންނާނެ ކަމަށެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޣިޔާސުއްދީން ސުކޫލު ހޯލުގައެވެ.

މީގެ ކުރިން ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހުނީ މިރޭ އެވެ. އެހެން ނަމަވެސް އިދާރާ ތަކުން ހުއްދ ނުލިބޭ ކަމަށްބުނެ ޖަލްސާ މާދަން ރެއަށް ފަސްކުރި ކަމަށް މިއަދު މަލީހު ވިދާޅުވެފައިވެއެވެ.

 މި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްވެސް ބައިވެރި ވަޑައިގަންނަވާއިރު، އެ މަނިކުފާނު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ހުއްދަ ނުދެއްވާ ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅު ރައީސް ޔާމީނުގެ ބަންދަށް ބޮޑެތި ލުއިތަކެއް ދެއްވާ ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، ލުއިތަކާއެކު ހުއްދަ ދެވިފައިވަނީ ޢާންމު މެންބަރެއްގެ ގޮތުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. އެހެންކަމުން ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެއް ނޯވެއެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ކުރީގެ ރައީސް ޔާމީނުގެ ދޮށީ ދަރިކަލުން، ޒޭން އަބްދުالله ޔާމީނަށް، އިލެކްޝަން ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ ނޮމެބްރު މަހު 29 ގައެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޚާއްސަ ޖަލްސާ ބޭއްވުމަށް ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް