އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު
ހަބަރު
11 Apr 2024 | 12:57
ދުނިޔޭގެ މަޝްހޫރު ހުރިހާ އީ ވޮލެޓެއް ރާއްޖެ ގެންނަން މަސައްކަތް ކުރާނަން: ސަޢީދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ދުނިޔޭގެ މަޝްހޫރު ހުރިހާ އީ ވޮލެޓެއް ރާއްޖެ ގެންނަން ބާރަށް މަސައްކަތް ކުރައްވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވަފުދެއް ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ލ. މާވަށަށް ވަޑައުގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި، ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ސައީދު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ދުނިޔޭގެ މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެ ގެންނާނެކަމަށާ، އޭގެތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ ފަދަ ޤައުމުތައްވެސް ހިމެނޭ ކަމަށެވެ. 

އަޅުގަނޑުމެންނަށް މެޖޯރިޓީ ތި ބޭފުޅުން ދެއްވާ. އަޅުގަނޑުމެންނަށް ދޫކޮށްލައްވާ ބާކީ އޮތް ބައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ހުރިހާ، ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ މިހެން ގޮސް ހުރިހާ ވަރުގަދަ އީ ވޮލެޓެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރާއްޖެ ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރާނަން. މިމަހު 14 ގަ އިރާދަކުރެއްވިއްޔާ އަލިޕޭ އަދި ވީޗެޓް، ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ވާހަކަދައްކަވަން މާލެ ވަޑައިގަންނަވާނެ

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު

އެހެންކަމުން ސަޢީދު ވަނީ، އެކަމަށްޓަކައި ހައްދުންމަތީގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ދެއްވުމަށް އެދިލައްވާފައެވެ. 

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުން އޮންލައިން ޕޭމެންޓް ޕްލެޓްފޯމް ތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި އީވޮލެޓް ގެ ހިދުމަތް ގާއިމު ކުރުމަށް ރަައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް އީ ވޮލެޓްގެ ޚިދުމަތް ތައާރަފް ކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 31 ގައެވެ. 

އެގޮތުން އެކާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އަލަށް ތައާރަފް ކުރެވިގެންދިޔަ އީ-ވޮލެޓްގެ ހިދުމަތާއި އެކު ކަސްޓަމަރުންނަށް ބޭންކްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަރކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން ސްކްރިލް، ޕޭޕަލް އަދި އެނޫންވެސް މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ  ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށެވެ.

އަދި، އަލަށް މި ގެނެވުނު ބަދަލާއި އެކު ކަސްޓަމަރުންނަށް ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށްވެސް ބުންޏެވެ. 

މީގެ އިތުރުން، އީކޮމާސް ޕްލެޓް ފޯމެއް ކަމަށްވާ ޕޭޕަލްއަށް އެކްސެސް ހޯދުމާއި ބެހޭގޮތުން އެމެރިކާގެ ސަރުކާރާއި މަޝްވަރާ ކުރައްވައިގެން މި ހިދުމަތަށް އެކްސަސް ލިބޭނެ ގޮތް ހޯދުމާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކޮށްގެން ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމް ތަކަށް ވެސް އެކްސަސް ހޯދުމަކީވެސް މި ސަރުކާރުގެ އަމާޒެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.