ފްރުޓް ފްލައި ކޮންޓްރޯލް ކުރަނީ-- ފޮޓޯ: މިނިސްޓްރީ
ހަބަރު
14 Apr 2024 | 13:35
ފީވަކުގައި ގިނަވަމުންދާ "ފުރުޓް ފްލައި" ގެ އާބާދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި

ށ.ފީވަކުގައި ގިނަވަމުންދާ "ފުރުޓް ފްލައި" ގެ އާބާދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ތަރުކާރީއާއ މޭވާގެ ގިނަ ވައްތަރުތަކުގައި އަށަގަންނަ ނުރައްކާތެރި ފަނިފަކްސާއެއްކަމުގައި ވާ "ފުރުޓް ފްލައި" ށ. ފީވަކުގައި ގިނަވަމުންދާކަމުގެ ޝަކުވާ އެ ވުޒާރާ އަށް ލިބުމުން، ފެރޮމޯން ދަންތުރަ ބޭނުންކޮށްގެން އޭގެ އާބާދީ މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގެ ފަންނީ ޓީމަކުން އަންނަނީ ފީވަކު ކައުންސިލާއި، ދަނޑުވެރިންނާއި ގުޅިގެން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ސޫފި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 2015 ވަނަ އަހަރު ށ. ފީވަކުންނެވެ.

ފްރުޓް ފްލައި އަހަރަކު ދިހަ ފަހަރު ބިސް އަޅާއިރު، މިއީ ވަރަށް އަވަހަށް ވިހާ، އާލާވާ ސޫތްޕެކެވެ. މި ސޫފި އިންސާނުންނަށް ގެއްލުން ނުދިންނަމަވެސް، އޭގެ ސަބަބުން، ދަނޑުވެރިން ހައްދާ މޭވާއާއި، ތަރުކާރީފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބެއެވެ. މިގޮތުން، މީގެ ސޫފި މޭވާއަށް ކަށިޖެހުމަށްފަހު އޭގެ ބިސް މޭވާގެ އެތެރެއަށް ފޮނުވާލައެވެ. އެއާއިއެކު، އެބިހުން އާލާވާ ފަނިތަކުން މޭވާގެ އެތެރ ހަލާކުކޮށްލާއިރު، ގަސްގަހުގައި އަޅާ ތަރުކާރީ ނުވަތަ މޭވާގެ ނުވަދިހަ އިންސައްތަ އާއި ސަތޭކަ އިންސައްތައާއި ދެމެދު މިސޫފި ހަލާކުކޮށްލައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.