ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުް- ފޮޓޯ/ އެމްޑީޕީ
ހަބަރު
15 Apr 2024 | 09:30
އަޅުގަނޑުމެން ވެރިކަމުގައި ތިބި ނަމަ، މި ޖޫން މަސް އަންނައިރު މުޅި ރާއްޖެ އޮތީހީ އާރްޓީއެލްއިން ގުޅާލާފަ: ޞާލިހު

އެމަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަ، މި އަހަރުގެ ޖޫން މަސް އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއް އާރްޓީއެލް ފެރީއިން ގުޅުވާލެއްވެވީސް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި، ތ.ތިމަރަފުށި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވުދާޅުވީ، ދިވެހިރާއްޖެ ތަރައްގީ ވާނީ މުޅި ރާއްޖެ ތަރައްގީ ކޮށްގެން ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ތަރައްގީ ކުރައްވަމުން އައީ އެފަދައިން ކަމަށާ، އެގޮތުން މުޅި ރާއްޖެ އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅުވާލުމުގެ މަސައްކަތް ފެއްޓެވިކަން އެމަނިކުފާނު ކުރެއްވިއެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަ، މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އާރްޓީއެލްއިން މުޅި ރާއްޖެ ގުޅުވާލެއްވީސް ކަމަށެވެ. 

“ އަޅުގަނޑުމެން ފޯކަސް ކޮށްގެން ކުރަމުން އައި އަނެއް ކަމަކީ މުޅި ރަށްތަށް އާރްޓީއެލް ފެރީގެ ހިދުމަތުން ގުލާލުން. ބާރު ސްޕީޑް، ހަލުވި ސްޕީޑްގައި ދުވާ ލޯންޗު ފަހަރު ބޭނުންކޮށްގެން. އަޅުގަނޑުމެން ވެރިކަމުގައި ތިބި ނަމަ، ކަންދިމާކުރި ގޮތުން މިފަހަރު އަޅުގަނޑުމެންނެއް ނޫން މި ތިބީކީ. ތިބި ނަމަ، އިރާދަކުރެއްވިއްޔާ މި 2024 ވަނަ އަހަރުގެ ޖޫން މަސް އަންނަން ވާއިރަށް، މުޅި ރާއްޖެ އޮތީހީ، އާރްޓީއެލްގެ ޚިދުނަތުން، ލޯންޗު ފަހަރުން ގުޅާ ނިމިފައި. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވި ގޮތުގައި، މުޅި ރާއްޖެ އާރްޓީއެލް އިން ގުޅާލުމަށް ބަންނަން ބޭނުންވާ ހުރިހާ ލޯންޗު ބަނުމަށް ކުންފުންޏާއި ހަވާލު ކުރެވި، ގިނަ ލޯންޗިތައް ބަދެ ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އެ ޚިދުމަތްވެސް ނުފަށްޓަވައި، ހިފަހަށްޓާފައިވާ ކަމަށާ، އެކަން އެގޮތަށް ކުރަނީ ރައްޔޮތުން ލައްވާ އާދޭސް ކުރުވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެފަދަ ސަބަބު ތަކަށްޓަކައި، މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ބިރުވެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމުގެ ގޮތުން ކުރީ ސަރުކާރުން އެމްޓީސީސީން އާ ހަވާލުކޮށްގެން ހިންގަންފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. 

ކޮމެންޓް
ސްޓަރ
މުޅިރާއްޖެ އާރ ޓީ އެލް އިން ގުޅާލަފާނެތީބިރުން ރައްޔިތުން އިބޫއަށް ނޫނެކޭ ބުނީ އިތުރަށް ރައްޔިތުން ދަރަނިވެރިވެ ބޭރުބައެއްގެ އަޅުވެތިކަމުގެދަށަށްދާންބޭނުމެއްނުވޭ.
15 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.