އެމްޑީޕީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އިއާދު ސަލީމް (އިއަޑޭ) އާއި ކުރީގެ ރައީސް ޞާލިހު
ހަބަރު
15 Apr 2024 | 10:14
ބޯހިޔާވަހިކަން ފޯރުކޮށްދެވުނީ މަޖިލިސް މެޖޯރިޓީ ލިބިފަ އޮތީމަ: އިއާދު

ކުރީގެ ރައީސް، އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުން ކަމަށް، އެމްޑީޕީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އިއާދު ސަލީމް (އިއަޑޭ) ވިދާޅުވެއްޖެއެވެ. 

ކުރީ ސަރުކާރުގެ ފަސް އަހަރުގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮވެގެން ކިރެވުނީ ކޮން ކަމެއްތޯ ބުނެ އިއާދަށް ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ދައުރެއްގައި ފަސް އަހަރު އޮންނަ އިރު، ކޮވިޑްގެ އާލަމީ ވަބާ އާއި ގުޅިގެން ދެ އަހަރާއި ބައި ދިޔަ ކަމަށެވެ. 

އަދި ކޮވިޑާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނު ކަމަށާ، އެހެން ނަމަވެސް ރާއްޖެ އެކަމުންވެސް އަރައިގަނެ އެންމެ ފުރަތަމަ އެއާޕޯޓްވެސް ހުޅުވާލީ ރާއްޖެއިން ކަމަށް އޭނާ ވިދާޅުވިއެވެ. 

އިއާދު ވިދާޅުވިގޮތުގައި، އެމްޑީޕި ސަރުކާރަށް ވެރިކަން ކުރަން ލިބުނު ދެ އަހަރާއި ބައިގައި، ކޮށްދިން ކަންކަނަ މަދެއް ނޫނެވެ. އަދި އެކަންކަން ކުރެވުނީ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. 

އަޅުގަނޑުމެންނަށް މާލޭ ރައްޔިތުންނަށް ފަހު ވަގުތުގައިވެސް ބޯހިޔާވަހިކަން ދެވުނީ މަޖިލިސް މެޖޯރިޓީ އަޅުގަނޑުމެންގެ އޮތީމާ. މިވަގުތުވެސް އެ ބޭފުޅުންނަށް ބޭނުންހާ ކަމެއް ނުކުރެވެނީ އަޅުގަނޑުމެންގެ އަތުގައި މަޖިލިސް މެޖޯރިޓީ އޮތީމަ.  މިކަން ވަރަށް ސާފު. މިއޮތީ ފެންނަން. 

އެމްޑީޕީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އިއާދު ސަލީމް (އިއަޑޭ) 

އިއާދު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރުން އަންނަނީ، މިވަގުތުވެސް އެމްޑީޕި އަތުގައި މަޖިލިސް މެޖޯރިޓީ އޮތް ކަމަށާ، އެ މެޖޯރިޓީ އޮވެގެން ކުރާ ކަމަކީ ސަރުކާރަށް ޖެއްސުމް ކުރުން ކަމަށް ބުނެފައެވެ. 

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ، މިއަހަރުގެ ބަޖެޓް ފާސްކުރިއިރުވެސް ވަރަށް ގިނަ ކަންކަމަށް މަޖިލީހުން ފުރުސަތު ދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މަޝްރޫއުތައް ބައެއް ރަށް ރަށުގައި މަޑު ޖެހުފައި ވަނީވެސް ބަޖެޓް ފާސްކުރި އިރު އެއަށް ބަޖެޓް ދީފައި ނުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ސިހާމް
މީހަކްހިއްކާފައޮތްބިންމުންހަމައެއްނެތިގޯތިދިނީދޯ
15 Apr 2024
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.