ވަޒީރު އިޙްސާން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
15 Apr 2024 | 10:18
ރައީސް ޑރ.މުޢިއްޒު ބޭނުންފުޅު ވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް: ވަޒީރު އިޙްސާން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު މަޖިލީހެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ  ގުރައިދޫ ދާއިރާއަށް ދަ ޑިމޮކްރެޓްސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އެ ދައިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓަށް ތާޢީދު ކުރުމާއި ގުޅިގެން ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ސަރުކާރުން އެދޭ ހުރިހާ ގޮތަކަށް ވޯޓުލާން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން ކަމުގައެވެ.

ސަރުކާރުން ބޭނުންހާ ގޮތަކަށް މެމްބަރުން ވޯޓްލުމުގެ ބަދަލުގައި ރައީސް ޑރ.މުޢިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށާއި، އެފަދަ މަޖިލީހަކީ ގައުމަށް ރަނގަޅު ހެޔޮ ގޮތްތަކަށް ތަރުހީބުދޭ، ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް ކަމަށް ވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

"ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ. ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ރަނގަޅު ގައުމަށް ހެޔޮގޮތްތަކަށް ތަރުހީބުދޭ، ގައުމަށް ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް. އެގޮތަށް މިކަން ކުރުން އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން އެދޭ އެދުމަކީ. އެއީ އަސްލު ދިވެހި ރާއްޖޭގެ 3 ބާރު ވަކިވެފައި އޮންނަ އަސާސަކީ ނުވަތަ އެ ބޭނުންވާ ގޮތަކީ."

ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ލިބިވަޑައިގަތީ ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް ކަން ފާހަގަކުރައްވާ ވަޒީރު އިޙްސާން ވިދާޅުވީ، އެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކުރެއްވި ހިޔާލުފުޅާ ދެއްވަން ބޭނުންވި ހިދުމަތްތައް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"