ޓްރާންޕޭރެންސީން މީގެ ކުރިން ބޭއްވި ނޫސްވެރިންފެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ މިހާރު
ހަބަރު
15 Apr 2024 | 13:58
ވޯޓުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފަރާތުން ފައިސާ އަށް އެދޭ މައްސަލަ ބޮޑު: ޓްރާންސްޕޭރަންސީ

އަންނަ އާދިއްތަދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި، އާންމުން ވޯޓުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފަރާތުން ފައިސާ އަށް އެދޭ މައްސަލަ ވަރަށް ބޮޑު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު އާންމުކުރި ޕްރީ-އިލެކްޝަން އެސަސްމަންޓް ރިޕޯޓުގައި ބުނީ ކުރިއަށް އޮތް އިންތިޚާބަށް ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހުރި ކަމަށާ، އޭގެ ތެރޭގައި ތަކުރާރުވާ މައްސަލަވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ވޯޓު ގަތުމުގެ މައްސަލައެވެ. ޓްރާންސްޕޭރެންސީން ބުނި ގޮތުގައި ވޯޓު ގަތުމަކީ މި އިންތިހާބުގައި ވެސް ފާހަގަކުރެވުނު ބޮޑު މައްސަލައެކެވެ. އަދި އެ ދިރާސާ ހެދުމަށް އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވެސް، މިހާރު ކުރިއަށް ގެންދާ ކެމްޕެއިންތަކުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. 

“އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާ ކަމަށް ހިއްސާކޮށްފަ އެވެ. ނަމަވެސް، ވޯޓު ގަތުން މޮނިޓާ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިއަށް ނުގެންދެވުމާއި ގުޅުންހުރި ގާނުނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މި ކަހަލަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް

ޓްރާންސްޕޭރެންސީ

ރާއްޖޭގައި ބާއްވާ ކޮންމެ ބޮޑު އިންތިހާބަކާ ދިމާކޮށް، ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޕްރީ-އިލެކްޝަން އެސަސްމަންޓެއް ހަދަ އެވެ.

ޓްރާންސްޕޭރަންސީގެ މި އެސަސްމަންޓުގައި ފާހަގަކޮށްފައިވާ އެހެން ކަން ކަމަކީ؛ 

މަޖިލިސް އިންތިހާބުގައި ވާދަކުރާ (ހާއްސަކޮށް މައި ޕާޓީތަކުން ވާދަކުރާ) އަންހެންގެ އަދަދު މަދުވުން.

ޓްރާންސްޕޭރަންސީން ބުނީ 2009 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ގިނަ ޕާޓީތަކެއް ވާދަކުރި މަޖިލިސް އިންތިހާބަށް ފަހު، މައި ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ތަމްސީލުކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމުވުން.

އިންތިހާބީ އަދި ކެމްޕެއިން މުއްދަތާ ދިމާކޮށް މަޝްރޫއުތައް އިފްތިތާހުކުރުމާއި ނިންމުން ފާހަގަކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން އާންމުވެފައިވާ ކަމަށާއި އިންތިހާބީ ފައިދާއަށް ސަރުކާރުގެ ކުންފުނިތައް ވެސް ބޭނުންކުރާ ކަމަށް އެ އެ ރިޕޯޓުގައިވެ އެވެ. ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވާ ފަރާތްތައް ޒިންމާދާރުކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކުރެވޭ ކަމަށް ވެސް ބުންޏެވެ.

ރައްޔިތުން ފުރިހަމައަށް ތަމްސީލް ނުކުރެވުމާއި ގުޅުންހުރި މައްސަލަތައް.

ޓްރާންސްޕޭރަންސީގެ ރިޕޯޓުގައި ބުނީ ދާއިމީ އެޑްރެސްއަށް ބަލައި ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ބަޔަކު ތިބިކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ވޯޓުލާ މީހުންގެ ލިސްޓުތައް ދާއިމީ އެޑްރެހަށް ބިނާވެފައި އޮތުމުން ވޯޓުލާ ގިނަ މީހުންނަށް ވޯޓުދިނުމަށް މަޖުބޫރު ކުރެވެނީ އާންމުކޮށް ދިރިއުޅޭ، އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ގޮތުން އެތަނަކާ ގުޅުން ހުރި ދާއިރާތަކަކަށް ނޫން ކަމަށާއި އޭގެ ތެރޭގައި މާލެއަށް ދާއިމީކޮށް ދިރިއުޅުން ބަދަލުވެފައިވާ އެތައް ހާސް ބަޔަކު ވެސް ހިމެނޭ ކަން ވެސް ފާހަގަކޮށްފައިވެއެވެ. 

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ގޮވާލުންތައް

• ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ އެކަން ހައްލުކޮށް، އަމިއްލަ އިސްނެގުމުގެ މަތިން ކޯޓާ ނިޒާމެއް މެދުވެރިކޮށް އިންތިހާބުތަކުގައި ޕާޓީ ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.

• އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ފުލުހުން ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ވޯޓު ގަތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މޮނިޓާކޮށް، ތަހުގީގުކޮށް އަދި ދައުވާކުރުމަށް ހުށަހެޅުން ހަރުދަނާކުރުން.

• އިންތިހާބުގެ މުއްދަތުގައި މިހާރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުން.

• ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ދާއިމީ އެޑްރެސް ނިޒާމަށް ބަހުސްކޮށް ދާއިރާތައް މިހާރު ބަހާގޮތް މުރާޖައާ ކުރުމާއި މި ކަހަލަ ރިވިއުއެއްގައި އާބަން ސެންޓަރުތަކާއި ހާއްސަކޮށް މާލެ އާއި އެހެން ރަށްރަށާ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް އިސްކަންދިނުން.

• ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ އަދަދު ކެޕްކުރުމުގެ ވިސްނުމުގައި ދާއިރާތަކުގެ ބޮޑުމިނާއި އަދަދު ކަނޑައެޅުމަށް މިހާރު އަމަލުކުރަމުންދާ ފޯމިއުލާ ކަމާ ބެހޭ ފަރާތްތަކުން މުރާޖައާކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.