ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
16 Apr 2024 | 11:13
އެމްޑީޕީން އެދެނީ ސުލްހަވެރިކަމާއިއެކު މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން: ރައީސް ޞާލިހު

އިދިކޮޅު އެމްޑީޕީން އެދެނީ ސުލްހަވެރިކަމާއިއެކުގައި މަޖިލިސް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށްކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބަށް އެ ޕާޓީން ކުރަމުންދާ ކެމްޕޭންގެ ތެރެއިން، ޅ.ހިންނަވަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ ވަރަށް އުފާވާ ކަމަށާއި، އެމްޑީޕީން އެދެނީ މި އިންތިހާބުގެ ކެމްޕޭން އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ނަފުރަތެއް ނެތި ރީތިކޮށް ނިންމާލަން ކަމުގައިއެވެ.

"އަޅުގަނޑު ވަރަށް އުފާވޭ ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ. އެހެން ނަމަވެސް އެ އިންތިހާބު ކުރިއަށްދާން ވާނީ، ހަމަގައިމުވެސް އެމްޑީޕީވެސް އަޅުގަނޑުމެން އެދެނީ ސުލްހަވެރިކަމާއެކީގައި، ހަމަޖެހުމާއި އެކީގައި، ވާދަވެރިކޮށްދިޔަ ނަމަވެސް އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ނަފުރަތެއް، ރުޅިވެރިކަމެއް ނެތި ރީތިކޮށް ގެންގޮސް މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން،" 

ރައީސް ޞާލިޙު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދިޔުމަށް ދެން އޮތީ މަދު ދުވަސްކޮޅެއްކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ،  އެމްޑީޕީން ކުރަންވީ ކަމަކީ ފޯކަސް ގެއްލުވާނުލައި އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށް ދިނުން ކަމަށެވެ.

ހަމައެއާއިއެކު، ރޭގައި ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަޖިލިސް އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެކި ގޮތް ގޮތުން ބިރު ދައްކަމުން ކަމަށާއި އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން،  އަސާސީ ހިދުމަތެއް ކަމަށްވާ ކަރަންޓުގެ ހިދުމަތް ހަމައެކަނި ޕީއެންސީގެ މެމްބަރުންނަށް ދިނުމަށް އެޕާޓީން ގޮވާލަމުންދާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.