ރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވާހަކަފުޅު ދައްކަވަނީ ---- ފޮަޓޯ/ ވަން
ހަބަރު
17 Apr 2024 | 10:18
އެމްޑީޕީން މަސައްކަތް ކުރަނީ ޖަވާބުދާރީ ކުރުވާކަށް ނޫން، ސަރުކާރު ވައްޓާލުމަށް: ރައީސް މުޢިއްޒު

އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބްރިޖު އެޅުމާއި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ހިންގުމަށްވުރެ މުހިންމު ކަމަކީ ގައުމުގެ ހަމަޖެހުން ކަމަށެވެ. އަދި އެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ މަޖިލީހުގައި ބައިތިއްބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. 

އެ މަނިކުފާނު ވިދާޅުވިގޮތުގައި ހަމަޖެހުން ނަގާލައި ތަޅާފޮޅަން މަސައްކަތްކުރާ ފަރާތްތަކާއި ޚިލާފަށް އެމަނިކުފާނުގެ ސިޔާސަތަކީ ހަމަޖެހުން ގާއިމް ކޮށް ބަދަލު ހިފުމުގެ ރޫހު ގައުމުން ނައްތާލުމެވެ. އަދި ކުރީގެ ވެރިކަންތަކުން ވަނީ ސިޔާސީ ބޭނުމެއްގައި ރައީސުންނާއި މިނިސްޓަރުން ހައްޔަރުކޮށްފައި ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުން އެފަދަ ކަންކަން ނުފެންނާނެ ކަންވެސް ފާހަގަކުރެއްވިއެވެ. 

ކަން މިހެން ހުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ދައްކަނީ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ބަދަލުކުރުމާއި އަޒުލުކުރުމުގެ ވާހަކަތައް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ކޮން ވާހަކައެއްތޯ ދައްކަވަނީ؟. ތިބޭފުޅުން ރާއްޖޭގެ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން ކުރީގެ ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައި އޮތްވައި އެކަން ކުރަން ފަށައިފައި އޮތް ސަރުކާރެއް އަނެއްކާ ވެސް އެކި ކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލުކުރުމާއި، އަޒުލުކުރުމާއި މިކަހަލަ ކަންކަން ކުރުމުގެ ވާހަކަ މިހާރު, އެ ބޭފުޅުންނަށް ކެތް ނުވެގެން އިންތިހާބު ގާތްވާން ފެށީމައި ފާޅުގައި ސާފުކޮށް މި ވިދާޅުވާން ވެސް ފެށީނުންތޯ. އޭގެ ކުރިން ވިދާޅުވީ ޖަވާބުދާރީކުރުވާ ވާހަކަ. ރަނގަޅު ޖަވާބުދާރީ ކުރުވަން ޖެހޭނެ، އެކަމަކު ޖަވާބުދާރީ އެ ލަފްޒު އެ ބޭފުޅުން މާނަކުރަނީ ސަރުކާރު ވައްޓާލުމަށް. ސަރުކާރު ބަދަލުކުރުމަށް،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު މަނިކުފާނު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފަސް އަހަރަކުން ވޯޓު ލައިގެން ސަރުކާރު ބަދަލު ކުރެވޭނެ ކަމަށާ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ އެ މަނިކުފާނަށް ވޯޓު ދެއްވައި ވެރިކަމަށް އިންތިޚާބު ކުރެއްވީ ފަސް އަހަރު ތެރޭގައި ކުރުމަށް ޒިންމާތަކެއް ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅައި އެ ބޭފުޅުން މަގާމުން ވަކިކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، މި ސަރުކާރުން ވަނީ، ރާއްޖޭގެ މާލީ އަދި އިގްތިޞާދީ ހާލަތު އޮތް ގޮތް ރައްޔޮތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީ މެންބަރުން ތިބޭ ނަމަ، ވަގުތުން އެކަން ކަމާއި ގުޅޭގޮތުން ވެރިންނާއި ކަމާއި ބެހޭ ފަރާތްތަކާއި ސުވާލުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

“ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މަޖިލީހުގެ ދައުރު އެބައޮތް. ބަޖެޓް ފާސްކުރުމާއި. ގާނޫނުތައް ހެދުމާއި ވަޒީރުންނާއި ސުވާލުކޮށް މަގާމުން ވަކިކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް އެބައޮތް. އަދި އޭގެ އިތުރުން ވެރިއަކަށް ހުންނަ މީހާއާދޭތެރޭގައިވެސް އެފަދަ ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުމުގެ ފުރުސަތު އެބަ އޮތް. އެކަން ގާނޫނު އަސާސީގައި ލިޔެފައި އެ އޮތީ މިފަދަ ވަގުތެއް އަތުވެދާނެ ކަމަށްޓަކައި. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި. ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ހައްދަވަމުންދާ ދޮގާއި އޮޅުވާލުންތަކުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް މިއަދު ހިގައްޖެ. “ ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.