ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
17 Apr 2024 | 12:09
ބޮލުގަ ކަމެއް އަޅުވަން އުޅެގެން ކުރީގައިވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ: ރައީސް ޑރ.މުޢިއްޒު

މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވަން އުޅެ، ނޭޅުވުނު ކަމެއް ދެން ވެސް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ނިމިދިޔަ އިންތިހާބުތަކުގައި ވެސް އެމަނިކުފާނަށް ޢަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމަށް މަސައްކަތް ކޮށްފައިވާއިރު، މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ އިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ގުޅުވައިގެން ވެސް އެފަދަ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.

"ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަބުރު ކަތިލުމަށް އިދިކޮޅުން ކިތަންމެ މަސައްކަތެއް ކުރިއަސް، ޤާނޫނާއި ގަވާއިދާ ޚިލާފު ކަމެއް އެއްވެސް އިރަކު ކޮށްފައި ނުހުންނާނެ ކަމަށާއި، އެފަދަ ވާހަކަތައް ދެއްކިވަރަކަށް ބޭޒާރުވާނީ އެވާހަކަތައް ދައްކާ ބައެއް ކަމަށެވެ. 

ރައީސް ޑރ.މުޢިއްޒު ރައްޔިތުންގެ ހައްގާއި މުދަލާއި ފައިސާގައި ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާ އެމަނިކުފާނު ވިދާޅުވީ، އެފަދަ ވާހަކަތައް އެމަނިކުފާނުގެ އަބުރުކަތިލުމަށް ދެއްކި ނަމަވެސް އެމަނިކުފާނު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވަޢުދު ފުއްދަވާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"ޤާނޫނާއި  ގަވާއިދާ ޚިލާފު ކަމެއް އޭރުވެސް ކޮށްފައި ނުހުންނާނެ. މިއަދަކުވެސް ނުކުރާނަން. އަދި ކުރިއަށް އޮތްތާނގައި ވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ޙައްގުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާއަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު الله ސުބުހާނަހޫ ވަތަޢާލާގެ ފުއްސެވުމާއި ރުއްސެވުން ލިބުން،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއިއެކު، ރޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ޒިންމާ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުން ސާބިތުކަމާއެކު ގައުމައިގެން ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.