އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެންޕެއިން ނިންމާލުން، މިފަހަރުގެ ހަރަކާތަށް ލިބިފައިވަނީ ލަދުވެތި ފިނި ތަރުހީބެއް- ފޮޓޯ/ އެކްސް
ހަބަރު
19 Apr 2024 | 21:33
އެމްޑީޕީގެ މަޖިލިސް ކެންޕެއިން ހިނގާލުން ނިންމާލައިފި، މިފަހަރު ތަރުހީބު ކުޑަ

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އަދި މިހާރުގެ އިދިކޮޅު މައި ޕާޓީން ކުރިއަށް ގެންދިޔަ “މިސްރާބު ހަމަމަގަށް” މަޖިލިސް ކެންޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމަށް ލަދުވެތި ފިނި ތަރުހީބެއް ލިބިއްޖެއެވެ.  

އެމްޑީޕީން "މިސްރާބު ހަމަމަަގަށް" ނަމުގައި ކުރިއަށްގެންދިޔަ މަޖިލިސް އިންތިޚާބު ނިންމައިލުމަށް މިއަދު ހަވީރު މާލޭގައި އެ ޕާޓީން ބޭއްވި ހިނގަައިލުން އޮންނާނެކަން މިމަހު 15 ވަނަ ދުވަހު އެޕާޓީން އިއުލާން ކޮށް އެ ހިނގާލުމަށް ވޭހާވެސް ގިނަ ޕާޓީއަށް ސަޕޯޓްކުރާ މީހުން އައުމަށް އެދި މީސްމީޑިއާގައި ޕޯސްޓުތައް ކޮށް ޝެއަރ ކޮށްފައިވެއެވެ.

އަދި މިއަދުވެސް އެ ހިނގާލުމަށް މީހުން އައުމަށް އެދި އެކި ޕޯސްޓުތައް ޕާޓީ އިސް ބޭފުޅުންވެސް މީސްމީޑިއާގައި އާއްމު ކޮށްފައިވެއެވެ.

އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެންޕެއިން ނިންމާލުން، މިފަހަރުގެ ހަރަކާތަށް ލިބިފައިވަނީ ލަދުވެތި ފިނި ތަރުހީބެއް- ފޮޓޯ/ އެމްޑީޕީ

މި ހިނގާލުން މިއަދު ހަވީރު 4:00 ސޯޝަލް ސެންޓަރުން ފަށާފައިވާއިރު ހިނގައިލުން ނިންމައިލީ އާޓިފިޝަލް ބީޗަށެވެ. ހިނގާލުން ފެށި އިރުވެސް މާ ގިނަ ބަޔަކު އެ ސަރަހައްދުން ފެންނަން ނެތް އިރު ހިނގާލުން ނިންމާލީވެސް އެމްޑީޕީގެ “ސައިޒް” އާ ބަލައި މަދު މީސްކޮޅަކާއިއެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެންޕެއިން ނިންމާލުން، މިފަހަރުގެ ހަރަކާތަށް ލިބިފައިވަނީ ލަދުވެތި ފިނި ތަރުހީބެއް- ފޮޓޯ/ އެމްޑީޕީ

މިއީ ފަހުގެ ތަރީޚެއްގައިވެސް އެމްޑީޕީން ބޭއްވި މިފަދަ ސިޔާސީ ހަރަކާތަކަށް މިހާ ފިނި ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް މާލެ ސިޓީއަކީ މީގެ ކުރިން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ތަނަކަށް ވީ ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެ ޕާޓީއަށް މާލެއިން އަޣުލަބިއްޔަތު ލިބިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.