މިރޭގެ ކެންޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީއެސްއެމް
ހަބަރު
19 Apr 2024 | 23:50
މި ފަސް އަހަރު ތެރޭ މާލެއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮަށްދޭނަން: ރައީސް މުޢިއްޒު

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަންކުރާ މާލެ ސިޓީއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މިރޭ ބޭއްވި މަޖިލިސް ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުންވެސް އަދި އެ ސިޓީގެ ރައްޔިތުންވެސް “އައްޑޫ ބަދަލަކަށް” ޝިޢާރު ބޭނުން ކުރައްވަނީ، މީގެ ކުރިން އައްޑޫ ސިޓީއަށް ކެންޑިޑޭޓުން ދެއްކި ހުވަފެންތައް ހަގީގަތަކަށް ނުވެ އެތަކެއް ޒަމާންތަކެއް ވެެގެން ގޮސްފައިވާތީ ކަމަށެވެ. 

އަދި މިހާރު އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް ގެނެސްގެން އެ ސިޓީއަށް ތަރައްގީ ގެންނަން ކަމަށާ، ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ކުރައްވައިފި ނަމަ ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ބަދަލު ގެންނަންވީ ހެޔޮ ބަދަލެއް. މިއީ ހެޔޮ ބަދަލެއް. އަޅުގަނޑުމެންގެ ފަރާތުން 8 ދާއިރާއަށް ކުރިމަތިލައްވާފައި ތިބީ ތެދުވެރިކަމާއެކީގައި އަޅުގަނޑު ބޭނުންވާ ގޮަތަށް ނަތީޖާ ނެރެދޭނެ އިހްލާސްތެރި ބޭފުލުން. އެހެންވީމާ އެ ބޭފުޅުން ހޮއްވަވައި ދެއްވަންވީ މިފަހަރު. ދެވަނަ ވިސްނުމަކަށް ދާންވެސް ހައްދަވާނެ ކަމެއް ނެތް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ނަތީޖާ ނެރެދިނުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރޭގައިވެސް އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވާނެކަމަށާ މި ސަރުކާރުގެ އެއްވެސް ބޭފުޅެއް ނަތީޖާ ނެރެދިނުމަށް ނޫން ގޮތަކަށް އެންމެ ވަގުތެއްވެސް ހޭދަ ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް ކަމަށާއި، އެ ނަތީޖާ ނެރެދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރާނެ ބައެއް މަޖިލީހުގައި ތިބެން ޖެހޭކަމަށެވެ. އަދި ނަތީޖާ ނޫން އެއްޗެއް އެމަނިކުފާނަށް މުހިންމު ނޫންކަން ފާހަގަކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމިއްލަ ޕާޓީގެ މަސްލަހަތު އެކަނި އިސްކުރާ ބަޔަކު މަޖިލީހަށް ހޮވައިގެން އެކަން ނުވާނެ ކަމަށާ އެހެން ކަމުން އެފަދަ ބަޔަކު މަޖިލީހަށް ހޮވިޔަ ދީގެންވެސް ނުވާނެކަމަށެވެ.

މިރޭގެ ޖަލްސާ ތެރެއިން- ފޮޓޯ/ ވޮއިސް

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރަށް މިވީ ފަސް މަސް ދުވަހުގެ ތެރޭގައިވެސް އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު ކަންކަން ފެށިފައިވާ ކަމަށެވެ. އެކަން ކަން ކުރެވުނީ ވަރަށް ދަތި އުނދަގޫ ކަމާއެކު ކަމަށާ، އެކަމަށްޓަކައި މަޖިީހުގެ އެއްބާރުލުން ނުލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  އެހެން ނަމަވެސް، ދަތިތަކާއެކުވެސް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ އައްޑޫ ބްރިޖުގެ ޑިޒައިން މަސައްކަތް ފެށި މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއާއެކު ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓުވުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތައް މަޖިލީހަށް ހޮވައިގެން ވާނީ ވަގުތު ބޭކާރު ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ކަމެއްކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ސަރުކާރަކަށް މަޖިލީހުން ފުރުޞަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ

ވަގުތު ބޭކާރު ކޮށްލަން ހަގީގަތުގައިވެސް ނަހައްދަވާ. ވަރަށް އިޚްލާސްތެރިކަމާއެކު ނަތީޖާ ނެރެން ބޭނުންވާތީ ދަންނަވާ ވާހަކައެއް މި ދަންނަވަނީ. އަޅުގަނޑު ބޭނުން މާލެއާ އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކުރަން. އިރާދަކުރެއްވިއްޔާ ކޮށްދޭނަން މި ފަސް އަހަރުގެ ތެރޭގައި. އަޅުގަނޑުމެންގެ 8 ކެންޑިޑޭޓުން ހޮއްވަވައި ދެއްވާ. އޭރުން ހަމަ ޔަގީނުންވެސް އެކަން ފަސޭހަ ކަމާއެކު ކޮށްދޭނަން މި ފަސް އަހަރު ތެރޭގައި 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

.މިއާއެކު ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ފަށާފއއުވާ އެހެން ތަރައްގީގެ މަޝްރޫއު ތަކަށްވެސް އަލި އަޅުވާ ލައްވާފައެވެ. އެގޮތުން އައްޑޫގެ ފެނާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތާ، ހަންކެޑެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޝަންގްރިލާ މައްސަލަވެސް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން، އެހުރިހާ ކަމަކާއި، އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމަށް އެއްބާރުލުން ދެއްވާނެ މެންބަރުން މަޖިލީހަށް ހޮވުމަށް ތަކުރާރުކޮށް ރައީސް މުޢިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ. 

ކޮމެންޓް
މާހިރާ
ތަރައްޤީ ކޮށްފަ އެތަނުގައި އުޅެން ގެންނާނީ ކޮންތަނެއްގެ މީހުންނެއްބާ!؟
20 Apr 2024
ގުޅޭ ލިޔުންތައް
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.