ރައީސް ޞާލިހު އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު- ފޮޓޯ/ އެމްޑީޕީ
ހަބަރު
21 Apr 2024 | 22:18
30 އަހަރަށް ފަހު ރައީސް ޞާލިހުގެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 25 އަހަރު ވަންދެން ތަމްސީލް ކުރެއްވި އަދި އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީން ކާމިޔާބު ކުރަމުން އައި ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް މިއަދު ގެއްލިއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އަބްދުއްރަހުމާން ކަމެވެ.

އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާންއަށް 755 ވޯޓު ލިބިފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހިންނަވަރުދާއިރާގެ މިހާރުގެ މެންބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދުއަށް ލިބިލެއްވީ 546 ވޯޓެވެ. އަދި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދު ސަލާމް މޫސާ އަށް 382 ވޯޓު ލިބިފައިވެއެވެ. 

ހިންނަވަރު ދާއިރާ އަކީ ރައީސް ޞާލިހަށާއި އެމްޑީޕީއަށް ތާއީދު ބޮޑު ދާއިރާއެކެވެ. އެ ދާއިރާގެ ގޮނޑީގައި 25 އަހަރު ރައީސް ޞާލިހު އިންނެވި އިރު ހިނގަމުންމިދާ 19 ވަނަ މަޖިލީހުގެ 5 އަހަރު އެ ގޮނޑީގައި އިންނެވީ ޖީހާނެވެ. 

މިފަހަރުގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލީހުގެ މިހާރު ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ހިމެނޭ ގިނަ މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުފައެވެ. އެގޮތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله، އާއި ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒަށްވެސް ގޮނޑި ދިފާއު ނުކުރެވެއެވެ.

އޭގެ އިތުރުން ޑިމޮކްރެޓްސްގެ އަލީ އާޒިމް އާއި އިބްރާހިމް ރަޝީދު (ބޮންޑާ) އާއި އިމްތިޔާޒު ފަހުމީ (އިންތި)ގެ އިތުރުން ހަސަން ލަތީފަށް ވެސް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ. 

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.