އެމްޑީޕީގެ އެޑްވައިޒަރ އަދި ޕާޓީގެ އިސް ބޭފުޅުން- ފޮޓޯ/ އެމްޑީޕީ
ހަބަރު
22 Apr 2024 | 09:40
ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާނަން: އެމްޑީޕީ

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. 

އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ އިންތިޙާބު ކާމިޔަބު ކުރެއްވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި ރޭ ނެރުނު ބަޔާނުގައި ވަނީ އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެންމެހައި ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާއި ކެނޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި އެމްޑީޕީއަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ. 

އަދި މިއިންތިޙާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

މިއާއެކު އެ ބަޔާނުގައި ބުނެފައިވާގޮތުން އެ ޕާޓީން އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު, އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމަށް އެ ޕާޓީން ޔަގީން ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

އެމްޑީޕީ

އިއްޔެ ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ލިބުނީ 93 ގޮނޑީގެ ތެރެއިން 12 ގޮނޑިއެވެ. އެ ޕާޓީން ޒަމާނުއްސުރެ ދިފާއުކުރަމުންއައި ގިނަ ގޮނޑި ތަކެއްވެސް ޕާޓީއަށް ގެއްލިފައިވާއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރުން ވަނީ ހޯދާފައެވެ.  

ކޮމެންޓް
ޟެބު
ތިކަމެއް ނުވާނެ
22 Apr 2024
ވ
ތިމާގެވެރިކަމުގާ ތިގޮތަށް ކަންތައް.ނުކޮއް މިހާރު ކޯޗެއްކިޔާކަންތަ އަބަދު މީހުނާޖެހިގަނެގެން ނޫޅެބަލަ
22 Apr 2024
ހާއުފާ
5 އަހަރު ވެރިކަންކުރަންލިބި ދިވެހި ދައުލަތުގެ ޚަޒާނާފޫވައްޓާލައި އިސްލާމްދީން ގާދޫކޮލުން ނެރެލުމަށް ފޫގަޅާލި ޕާޓީއަށާ އިބުރާހިމް މުޙައްމަދު ޞާލިޙަށް އިސްލާޙީ މަސައްކަތެއް ނުކުރެވޭނެ.
22 Apr 2024
މިކަލައަފުން
ރައްޔިތުން އެމްޑީޕީ ޖަވާބުދާރީ ކުރުވައިފި.އަދިވެސް ކުރާނެ ދެން ކަލޭތީކާކަު. ގައްދާރުންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތެއް ނުދޭނަން އަވަހަށް ފޮށިތަންމަތި ބަނދޭ
22 Apr 2024
ޡަބަރުޖުދު
ޙެޔޮނުވާނެ ތިކަމާ ނޫޅޭތި
22 Apr 2024
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.