ޑރ އަނާރާ އާއި ފިރިކަލުން ޝަފީގު-
ހަބަރު
22 Apr 2024 | 08:56
ޑރ. އަނާރާ އާއި ފިރިކަލުންވެސް މަޖިލީހަށް!

20 ވަނަ ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި މަޖިލީހުގެ ކުރީގެ ދައުރުގެ މަކުނުދޫ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އާއި ފިރިކަލުން އާދަމް ޝަފީގް ވެސް ވާދަކުރެއްވި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

އަނާރާ އިންތިހާބުވެވަޑައިގެންނެވީ ހުރާ ދާއިރާ އިންނެވެ. އެ ދާއިރާއަށް އަނާރާ ވާދަ ކުރެއްވީ އަމިއްލަ ގޮތުން، ސަރުކާރުގެ ތާއީދާވެސް އެކުގައެވެ.

އަނާރާގެ ފިރިކަލުން ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައި އަނާރާ ކުރިން ފުރުއްވި މަކުނުދޫ ދާއިރާގެ ގޮނޑި އަށެވެ. އާދަމް ޝަފީގުއާ އެންމެ ގާތުން ވާދަކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އެވެ.

މިއީ މި ފެށޭ މަޖިލީހުގައި އިންނަވާނެ ހަމައެކަނި ދެމަފިރިކަނބަލުންނެވެ. މި ފަހަރުގެ މަޖިލީހަށް ގާސިމް އިބްރާހިމް އާއި އަނބިކަނބަލުން އައިޝަތު ނަހުލާ ވާދަކުރެއްވިއެވެ. އެހެންނަމަވެސް، މާމިގިލީ ދާއިރާ ގާސިމް ކާމިޔާބު ކުރެއްވި އިރު ނަހުލާ އަށް ވާދަކުރެއްވި ދާއިރާއިން ގޮނޑި ލިބޭ ގޮތެއް ނުވިއެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ފޭދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް މިފަހަރު ކާމިޔާބީއެއް ނުލިބުނެވެ. އެގޮތުން ރޮޒައިނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕްރައިމަރީންނެވެ. 

ދެން ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން އާއި ފިރިކަލުން އިބްރާހިމް ނާޒިލްގެ ތެރެއިން، ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ނާޒިލް ކާމިޔާބު ކުރެއްވި އިރު ހިސާން މި ފަހަރު މަޖިލީހަށް ވާދަނުކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.