އާރްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަބީހު
ހަބަރު
22 Apr 2024 | 09:52
އައު ފިކުރެއް އުފަންވެއްޖެ؛ ކުރިއަށް ހުރީ އުފާވެރި ދުވަސްތަކެއް: ނަބީހު

އައު ސިޔާސީ ފިކުރެއް އުފަންވެފައިވާ ކަމަށް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަބީހު ވިދާޅުވެއްޖެއެވެ. 

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަބީހު ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުބާރު ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އައު ފިކުރެއް އުފަންވެ ނިމިއްޖެ. ޝުކުރިއްޔާ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުން ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް އިތުބާރު ކުރައްވައިފި. މި ފެށުނީ ދިވެހީންގެރާއްޖެ އަށް ދިއުމުގެ ދަތުރު. ކުރިޔައް ހުރީ އުފާވެރި ދުވަސްތަށް. މިފެށުނީ ރައީސް ޑރ މުއިއްޒުގެ ދައުރު.

އާރްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަބީހު 

‏⁦‪އިއްޔެ އޮތް މަޖިލިސް އިންތިހާބު ގައި ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ 70 ގޮނޑި ހޯދާފައެވެ

އަދި ރައީސް ތާއީދު ދެއްވި ކެންޑިޑޭޓުންނާ އެކު ސަރުކާރަށް އެއްބާރުލުން ދޭނެ 75 މެންބަރުން ވިހިވަނަ މަޖިލީހުގައި ތިބޭނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.

މި ސަރުކާރު ފެށިގެން އައި އިރު ޕީއެންސީގައި 10،000 މެންބަރުންވެސް ހަމަ ނުވެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ އެދުމުގެ މަތިން ޕާޓީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށައި، މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 28،236 އަށް އަރާފައިވާ ކަމަށް އީސީގެ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.