ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Apr 2024 | 11:02
ރިޔާސީ އިންތިޚާބު ކާމިޔާބުވީ ހުސްގޮނޑި ދައްކައިގެން ނޫންކަން މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ޔަގީންވޭ: ގާސިމް

މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދޔ މުޢިއްޒުއަށް ލިބިލެއްވި ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން އިއްޔެ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު މެޖޯރިޓީން އެނގި ކަށަވަރުވެފައިވާ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އިއްޔެ ބޭއްވި، ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ. އެން.ސީ އަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ އިއްޔެ ސަރުކާރަށް ލިބުނު ސްޕަރމެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޑރ މުޙައްމަދު މުޢިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. 

‏އަދި އެ އުފާވެރި މުނާސަބަތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒުއަށް ހިތުގެ އިޙްލާޞްތެރި ތަހްނިޔާ އާއި މުބާރަކްބާދީ އަރިސްކުރައްވާ ކަމަށާ އެ ޕާޓީގެ ލީޑަރޝިޕާއި، ކާމިޔާބު ހޯއްދެވި އެންމެހާ ކެނޑިޑޭޓުންނަށް މަރުހަބާ އާއި ތަޙްނިޔާ އަރިސްކުރައްވާ ކަމަށް ވިދާޅުވިއެވެ. 

‏މިއާއެކު ގާސިމް ވިދާޅުވީ، އެބޭފުޅާ ޤަބޫލު ކުރައްވާ ގޮތުގައި، 2023 ގެ ރިޔާސީ އިންތިޚާބުވެސް އަދި އިއްޔެ އޮތް 2024 ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ ކަމެވެ.

‏އަދި އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެނގިކަށަވަރުވެފައިވާ ކަމަށާ އިއްޔެ ލިބުނު ބޮޑު ކާމިޔާބީ ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެެެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެންނަ ކަމަށް ގާސިމް ވިދާޅުވިއެވެ. 

‏ހަމަ މިއާއެކު، މިދެންނެވި ހުސްގޮޑި ނިޞްބަތްވާ ފަރާތުން ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މި އަދުގެ ވޯޓުގެ ނަތީއްޖާ އިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފައެވެ. މިއާއެކު މި ބޭފުޅުން މަޖިލީހުގެ އިންތިޚާބަށް ނެރުއްވި އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަޤީޤަތެެކެވެ.

ގާސިމް އިބްރާހިމް 

‏މީގެ އިތުރުން ގާސިމް ވަނީ އެބޭފުޅަާ އެދިނުލައްވަނީސް، މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް އެބޭފުޅާ ވާދަކުރެއްވުމުން، އެދާއިރާއަށް ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރުއްވާ، ގާސިމަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ވަކީން ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

‏ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ މުޢިއްޒަށް މިއަދު އެވަނީ ދިވެހިރައްޔިތުން އަރުވާފައެވެ. އެހެންކަމުން، އަޅުގަނޑުގެ ހެޔޮދުޢާއަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި الله ސުބުޙާނަހޫ ވަތަޢާލާ ބަރާކާތް ލައްވާ، އެމަނިކުފާނަށް ފުރިހަމަ ސިއްޙަތަކާއި ދިގު ޢުމުރުފުޅެއް މިންވަރުކުރައްވާ، ހެޔޮވިސްނުންދެއްވަވާ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން މި ދިވެހި ވަޠަން ޖަރީވެގެން ދިއުމެވެ.

ގާސިމް އިބްރާހިމް

އިއްޔެ އޮތް މަޖިލިސް އިންތިހާބު ގައި ސަރުކާރު ހިންގާ ޕީއެންސީ އިން ވަނީ 70 ގޮނޑި ހޯދާފައެވެ. އަދި ރައީސް ތާއީދު ދެއްވި ކެންޑިޑޭޓުންނާ އެކު ސަރުކާރަށް އެއްބާރުލުން ދޭނެ 75 މެންބަރުން ވިހިވަނަ މަޖިލީހުގައި ތިބޭނެ ކަން ވަނީ ޔަގީން ކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.