އީސީ ގެ ރައީސް ފުއާދު ތައުފީޤް-- ފޮޓޯ: އީސީ
ހަބަރު
27 Apr 2024 | 10:23
ގޮނޑި އިތުރުވި ނަމަވެސް އަންހެން މެމްބަރުންގެ އަދަދު މަދުވުމަކީ ވިސްނަން ޖެހޭ ކަމެއް: ފުއާދު

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ގޮނޑި އިތުރުވި ނަމަވެސް އިންތިހާބުވާ އަންހެން މެމްބަރުންގެ އަދަދު މަދުވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ދައުރަކަށް ވުރެ ދައުރެއް މަޖިލީހަށް އިންތިހާބުވާ އަންހެން މެމްބަރުންގެ އަދަދު މަދު ކަމަށާއި، މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ފުއާދު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ދައްކާގޮތުގައި 20 ވަނަ މަޖިލިހަށް ހޮވިފައިވަނީ 3 އަންހެނުން ކަމަށެވެ.

"މީގެ ކުރީފަހަރު 4 އަންހެން ބޭފުޅުން، އޭގެ ކުރީ ފަހަރު 5 އަންހެން ބޭފުޅުން، އޭގެ ކުރީ ފަހަރު 6 ހޮވިފައިމިވަނީ. ފަހަރަކު އެއްބޭފުޅަކު މަދުވަމުން މިދަނީ. ގޮނޑީގެ އަދަދު އިތުރުވަމުން ދިޔަ ކަމަށް ވިޔަސް ވެސް."

ފުއާދު ވިދާޅުވިއެވެ.

 މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ވާދަކުރެއްވި 368 ކެންޑިޑޭޓުންގެ ތެރެއިން 43 ކެންޑިޑޭޓުންނަކީ އަންހެނުން ނަމަވެސް އިންތިޚާބު ކާމިޔާބުކުރެއްވުނީ އެންމެ 3 އަންހެން ކެންޑިޑޭޓުންނަށެވެ. އެއީ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު ސައުދާ ގެ އިތުރުން ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނައީމެވެ.

މީގެ ތެރެއިން އަސްމާ އާއި ސައުދާ އިންތިހާބުގައި ވާދަ ކުރެއްވީ ސަރުކާރުން ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. އަދި ޑރ.އަނާރާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް އެކަމަނާ ވަނީ ފަހުން ޕީއެންސީ އާއި ގުޅިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.