އައިޑީ ކާޑެއް- ފޮޓޯ/ ސަން
ހަބަރު
30 Apr 2024 | 15:09
65 އަހަރުން މަތީ މީހުންނަށް މުއްދަތު ހަަމަ ނުވާ އައިޑީ ކާޑެއް

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله މަޖިލީހަށް ހުށަހެޅުއްވި ގަރާރާއި ގުޅިގެން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުން މިއަދު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު އާ ކުރަން ޖެހުމަކީ ގިނަ ފަހަރަށް އެ މީހުންނަށް އެތައް ތަކުލީފެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އެ ޝަކުވާތައް ވެސް އަބަދު ލިބޭ ކަމަށެވެ.

އެހެންކަމުން ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަނުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، 65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ" ސްޓޭޓް މިނިސްޓަރު ޔޫސުފް ވިދާޅުވިއެވެ. 

ޔޫސުފް ވިދާޅުވީ މި ކަމުގައި އިތުރަށް ގޮތެއް ނިންމާނީ ކެބިނެޓުން ކަމަށެވެ.

އާންމުކޮށް އަމަލުކުރާ އުސޫލަކީ ކުޑަކުއްޖަކު އަލަށް އުފަންވުމަށް ފަހު ހައްދާ އައިޑީ ކާޑު، އެ ކުއްޖާގެ އުމުރުން 10 އަހަރު ފުރުމާ ހަމައަށް ބޭނުން ކުރުމެވެ. އޭގެ ފަހުން އުމުރުން 40 އަހަރު ފުރެންދެން ކޮންމެ ފަސް އަހަރަކުން އަދި، 40 އަހަރުން މަތިވުމުން 10 އަހަރަކުން އައިޑީކާޑު އާ ކުރުމެވެ. 

ކޮމެންޓް
ކުރިޓިކު
ތީ މަރުޙަބާ ކިޔަންޖެހޭ ކަމެއް.
30 Apr 2024
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.