މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގަނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަޒީރު ޝަރީފް ވާހަކަ ދައްކަވަނީ: ފޮޓޯ/ މޯލްޑިވިއަން
ހަބަރު
09 May 2024 | 15:48
ސަރުކާރު ކުންފުނިތައް ބަނގުރޫޓްވަމުންދަނިކޮށް، ހާލަތު ރަނގަޅުކޮށްދިނީ މި ސަރުކާރުން: އާދަމް ޝަރީފު ‏⁦

ދިވެހި ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓް ވަމުންދަނިކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް މި ސަރުކާރުން ގެނެސްދީފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގަނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައިލެންޑު އޭވިއޭޝަން އަދި އެހެންވެސް ކުންފުނިތައް އޮތީ ބަންގުރޫޓުވުމާއި ދިމާއަށް މިސްރާބް ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އައިލެންޑު އޭވިއޭޝަންވެސް އަދި އެހެން ކުންފުނިތައްވެސް، ރައީސް މުޢިއްޒުގެ ޒަޢާމަތާއި ހަމައަށް އައި އިރުގައި އޮތީ ވަރަށް ބޮޑަށް ބަނގުރޫޓްވުމުގެ މަގަށް މުޅި ކުންފުނިތައް ގާތްގަޑަކަށް ސޮއްސާލާފައި. އެހެން އެކަން އޮއްވާ، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިގްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރައްވައި، އަދި ކުންފުނިތަކަށް މިވަރުގެ ބޮޑު ކުރިއެރުންތައް އަންނާނެ މަގު ފަހިވެގެން ދިޔުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސިޔާސީ ވިސްނުންފުޅާ އެމަނިކުފާނުގެ އިގްތިޞާދީ ސިޔާސަތު އަޅުގަނޑުމެން ހީނުކުރާހާ ހަރުދަނާވެ، އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދުތަޖެއް އޭގެ ސަބަބުން ލިބިގެންދިޔަ ކަމެއް. 

ވަޒީރު އާދަމް ޝަރީފް

މިއާއެކު އާދަމް ޝަރީފް ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގައި އިންވެސްޓުކުރަން ތިބި ފަރާތްތަކަށްވެސް އެނގިގެންދަނީ ހަޤީގީ މާނައިގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެންދާކަމަށެވެ. އަދި ބޮޑެތި އިންވެސްޓްމަންޓް ކުރުމުގެ ގާބިލްކަން ރާއްޖޭގަައި އުފެދިގެންދާ ކަންވެސް ފެންނަމުންދާ ކަމަށް ވިދާޅުވުއެވެ.

“ދިވެހި ރުފިޔާ ޗާޕް ނުކުރަން ނިންމި ނިންމުމާއި އެކު އިޤްތިސާދަށް އައި ބަދަލުތަކާއި އެކު، އިޤްތިސާދު މިއަދު ކޮޅަށް ހިންދެމިލައިގެން ތެދުވެ، ކުރިއަށްދާން މި ފެއްޓެނީ، އާއްމު ބަހުރުވައިން ދަންނަވާކަމުގައިވާ ނަމަ، އިޤްތިސާދުވެސް މުޢިއްޒު ސްޕީޑުގައި ކުރިއަށްދާތަން ފެނިގެންދާނެ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ކުރިއެރުންތައް އަންނަމުންދަނީ ސިޔާސީ ހިކުމަތްތެރި ވެރިއެއްގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރަމުންދާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.