މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލު ތަކަށް ޣައްސާން ޖަވާބު ދެއްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2024 | 16:32
އުތުރު ތިލަފަޅުގައި ކުރިން އިންޑިޔާ ސިފައިން ތިބި؛ މިހާރު ނުތިބޭނެ: ޣައްސާން

އިންޑިއާއިން ތަރައްޤީކުރަމުން އައި އުތުރުތިލަފަޅުގައި ކުރިން އިންޑިއާ ސިފައިން ތިބިކަން ލިޔެކިޔުންތަކުން ފެންނަކަމަށާއި، މިހާރު އެތަނުގައި އިންޑިއާ ސިފައިން ނެތްކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލާ، އޭގެ ބަދަލުގައި އެ އަދަދަށް މަދަނީ މީހުން ގެނައުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ކުރިން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެއްކެވި ވާހަކަތަކަކީ ދޮގުތަކެއްކަމަށް ބުނެ، އެވާހަކަތައް ދެއްކެވި ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ތޯ ނޫސްވެރިޔަކު ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަކަށް ޖަވާބުދެއްވަމުން ޣައްސާން ވިދާޅުވީ، ކުރިން އެތަނުގައި އިންޑިއާ ސިފައިން ތިބި ކަމަށާ، އެކަން ލިޔެކިޔުން ތަކުން ސާފުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އުތުރު ތިލަފަޅުފައި އިންޑިޔާ ސިފައިން ނުތިބޭނެކަން ޣައްސާން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.  

"ކުރިން [އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން] ތިބިކަން ކަށަވަރުވޭ. އޭގެ ލިޔެކިޔުންވެސް އެބަހުރި. އަދަދު އަޅުގަނޑު ޖެހޭނީ ބަލައިލަން،" 

ޣައްސާން މައުމޫން

މިއާއެކު ނޫސްވެރިއެއް ވަނީ އުތުރު ތިލަފަޅުގައި ތިބި ސިފައިންގެ އަދަދާއި އެމީހުން އުތުރުތިލަފަޅުގައި ތިބީ ހަތިޔާރާއެކުކަން ނުވަތަ ނޫންތޯ ސުވާލު ކޮށްފައެވެ.  

އެ ސުވާލަށއ ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ އެ ސިފައިން ގެނައީ ދެ ޤައުމުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމުގައިވާނަމަ އެ އެއްބަސްވުމުގައި ހިމެނޭ ބައެއް މައުލޫމާތު ހާމަކުރެވޭނީ ދެފަރާތުން އެއްބަސްވެގެން ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑުމެން އެކަން އެގޮތަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލައިފައި އަޅުގަނޑުމެންނަށް ހާމަކުރެވޭ މައުލޫމާތެއް ހާމަކޮށްދޭނަން،" ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ވ
މިހާރުތިބީއެހެންނަމެއްގަތޯ
11 May 2024
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.