ކުރީގެ ރައީސް ނަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
12 May 2024 | 14:03
ޖެނުއަރީ މަހުން ފެށިގެން މެމްބަރުކަމުގެ މުސާރަ ނެގުން ހުއްޓާލައިފިން: ރައީސް ނަޝީދު

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެމްބަރުކަމުގެ މުސާރަ ނެންގެވުން ހުއްޓާލެއްވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ސްރީލަންކާގެ "ދަ މޯނިން"ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގައި ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހު މެމްބަރު ކަމުގެ މުސާރަ ނެންގެވުން ހުއްޓާލެއްވި ކަމަށެވެ.

"ސީވިއެފްގައި އަޅުގަނޑު މަސައްކަތް ކުރަން ފެށީ ފެބްރުއަރީ މަހު. އަޅުގަނޑު މެމްބަރުކަމުގެ މުސާރަ ނެންގެވުން ހުއްޓާލާއިފިން ޖެނުއަރީ މަހު."

ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދު ވިދާޅުވީ، މުސާރަ ނުނެންގެވި ކަމުގައި ވިޔަސް މަޖިލިސް އާ ދައުރަކަށް ފެށެންދެން އެމަނިކުފާނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށެވެ.

މިފަދައިން ވިދާޅުވި ނަމަވެސް ދާދި ފަހުން ރައީސް ނަޝީދު ވަނީ އޭޕްރިލް މަހާއި ދައުރުގެ ބާކީ އޮތް މުއްދަތުގެ މުސާރަ އުނިކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ސިޓީއެއް ފޮނުއްވާފައެވެ.

މި ސިޓީގައި ރައީސް ނަޝީދު ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށާއި އެ މަސައްކަތް އެމަނިކުފާނާއި ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ ކަންކަން މާޗު މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު އެ މަގާމުން އިސްތިއުފާ ދެއްވައި، ސީވީއެފް ގެ ސެކްރެޓަރީގެ މަގާމު ގަބޫލު ކުރައްވައި އެމަނިކުފާނުގެ ދިރިއުޅުއްވުން ގާނާ އަށް ބަދަލު ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

އޭގެ ފަހުންވެސް އެ މަނިކުފާނު މެމްބަރު ކަމުގެމުސާރަ ނަންގަވަމުން ގެންދަވާތީ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، ރައީސް ނަޝީދުގެ ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވިކަން މަޖިލީހަށް އަންގާފައިނުވާ ކަމަށް މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އަހުމަދު
އެވެސް މަސައްކަތެއް ނުކޮށް މަޖިލީހަށް ހާޒިރުނުވެ ބަނޑު އަޅާލި މުސާރަކޮބާ
12 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.