މަޖިލިސް އިންތިޚާބުގެ ވޯޓުލުން - ފޮޓޯ: ވޮއިސް
ހަބަރު
12 May 2024 | 18:45
އިންތިޚާބަކާ ނުލައި، ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ޔުމްނާ އިންތިޚާބުވެއްޖެ

ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) ގެ ކެނޑިޑޭޓް އައިމިނަތު ޔުމްނާ އިންތިޚާބުވެއްޖެއެވެ. ޔުމްނާ އެ މަޤާމަށް އިންތިޚާބުވެފައިވަނީ، އިންތިޚާބެއް ބޭއްވުމަކާ ނުލައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާންކުރެއްވި ގޮތުގައި، ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލުމުން، މުއްދަތު ހަމަވީ އިރު ކުރިމަތިލާފާއިވަނީ އެންމެ ކެނޑިޑޭޓެއް ކަމަށެވެ. 

އެހެންކަމުން ށ.ފުނަދޫގެ އަންހެން މެންބަރަށް ޚާއްސަ ގޮނޑިއަށް ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާ ވަނީ އިންތިޚާބު ވެފައިވާކަމަށް އީސީގެ ބަޔާނުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު، ރަށްރަށުގެ ކައުންސިލްތަކުގެ ބައި-އިލެކްޝަން ބާއްވަމުން ދާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކުރައްވަމުން ދަނީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓުންނެވެ. ޕީއެންސީއިން ވަނީ ނިމިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިާކބުގައިވެސް ސުޕަރ މެޖޯރިޓީއެއް ހޯދާފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.