ޢިއްޒުއްދީން ފާލަން - ފޮޓޯ: އެމްޓީސީސީ
ހަބަރު
12 May 2024 | 19:56
ރަސްމީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ޢިއްޒުއްދީން ފާލަން ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، )އެމް.ޓީ.ސީ.ސީ( އިން ފަށައިފިއެވެ.

ޢިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ފާލަން މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއްވެ، ފާލަން ވަރަށް ބޮޑަށް ވީރާނާވެފައިވާތީއެވެ. އެހެންކަމުން، މިހާރު ހުރި ފާލަން ރޫޅާލުމަށްފަހު އަލުން އެތަން ތަރައްޤީކުރުމަށް ފާލަން ވަނީ މިހާރު ބަންދުކޮށްފައެވެ.

ޢިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަމަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި ޢިއިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ ފާލަމެވެ. 

މި މަޝްރޫޢުގެ ދަށުން ކުރީގެ ފާލަން ރޫޅާލުމަށް ފަހު، އައު ފާލަމުގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާކުރުމުގެ އިތުރުން ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރަން ނިންމާފައިވައިރު، މި ބޮޑު މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

ޢިއްޒުއްދީން ފާލަން މަރާމާތުކޮށް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 270 ދުވަހެވެ.

ފާލަން އަލަށް ތަރައްޤީކުރުމުން، އެ ފާލަން ދިވެހި ސަޤާފަތް ރަމްޒުކޮށްދޭ އަދި، ފެންވަރު ރަނގަޅު ގިނަ ދުވަހު ބޭނުންކުރެވޭނެ ފާލަމަކަށްވާނެކަމަށް އެމްޓިސީސީއިން ވިދާޅުވެއެވެ.

މީގެ ކުރިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި، ރިޔާ ނެގި ބައްތެއްޔެއްގެ ސިފައަށް ފަރުމާކޮށްފައިވަނީވެސް އެމްޓީސީސީއިންނެވެ. ޢިއްޒުއްދީން ފާލަމަކީ، ދިވެހިރާއްޖޭ ހޮޅިންގެ ކިބައިން ސަލާމަތްކޮށްދެއްވި ދޮންބަންޑާރައިން، ނުވަތަ އައްސުލްޠާން ޙަސަން ޢިއްޒުއްދީނަށް ނިސްބަތް ކުރައްވާ، ހަދާފައިވާ، ދިވެހިންގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.