އެމްއެންޑީއެފް އިން ހިންގި ބޭސިކް އީއޯޑީ ކޯހުގެ ދަސްވެނިވުން - ފޮޓޯ: އެމްއެންޑީއެފް
ހަބަރު
12 May 2024 | 21:09
އެމްއެންޑީއެފުން ހިންގި ބޭސިކް އީއޯޑީ ކޯހުގެ ދަސްވެނިވުން ބާއްވައިފި

އެމްއެންޑީއެފުން ހިންގި "ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ކޯސް–3" (ލެވެލް 2) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި ސްރީލަންކާގެ އަސްކަރިއްޔާ އާ ގުޅިގެން އެމްއެންޑިއެފުން ހިންގި ބޭސިކް އީއޯޑީ ކޯސް ނިންމާލާ، މިއަދު ވަނީ އެމްއެންޑީއެފް ގެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ރަސްމިއްޔާތެއް ބާއްވާފައެވެ.

އެމްއެންޑީއެފް ގެ ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާރިޗު 24 އިން ފެށިގެން މޭ 11 ގެ ނިޔަލަށެވެ. އެމްއެންޑީއެފުން ހާމަކުރެއްވިގޮތުގައި މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުން ދަސްވެނިވި ސިފައިންނަށް އީއޯޑީ ބެޖާއި، ކޯހުގެ ވަނަވަނައަށް އައި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދެވެ. އަދި ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ޚާތިމް އަޙްމަދެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި، އީއޯޑީ ލެވެލް 2 ކޯހަކީ އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
02 Jul 2026
ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.