ހަބަރު
15 May 2024 | 14:34
ގިނައިން ވަރި ވަނީ އަނބިމީހާ ކިޔަމަން ނުވުމާއި، ފިރިމީހާ ވަގުތު ނުދޭތީ: ފެމިލީކޯޓުގެ އިސް ގާޒީ

ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށާއި އަނބިމީހާ ވަރި ކުރާ ސަބަބެއް ކަމަށް ގިނަ ފިރިހެނުން ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ. 

މިއަދު ފާހަގަކުރަމުން އަންނަ އާއިލާތަކުގެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފެމެލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަން ކުޑަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހާލަތު ރަނގަޅު ކުރަން ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ. 

ގާޒީ ވިދާޅުވިގޮތުގައި، ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ، ގާޒީ ވިދާޅުވި ގޮތުގައި ޖެހޭ މައްސަލަތަކުގެ ބޮޑު ވަރަށް ވުރެ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުންނެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި ކަންކަން ހިއްސާ ކުރަން ޖެހޭ ގާތް މީހުންގެ މަޝްވަރާ ވެސް ނުހޯދާ ކަމަށް ގާޒީ މާހިރު ފާހަގަކުރެއްވި އެވެ.

“އަނބިމީހާ ވަރިކުރަން އެދި ހުށަޖަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ ކަމަށް ގިނަ ފިރިހެނުން ފާހަގަކުރެއެވެ. އަދި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އަދި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ބުނެއެވެ. އަނެއްކޮޅުން ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރެއެވެ. ރައްޓެހިންނާ އެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާ އަށް ވަގުތު ނުދޭ ކަމަށެވެ. އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު  

ގާޒީ ވިދާޅުވީ މައްސަލަތައް ހައްލުކޮށް ދަރިންނާ އެކު އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، މިފަހަކަށް އައިސް ފާހަގަވާ ކަމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދޭ ކަމަށެވެި.

"..އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހުރޫމްވުމަށް މަގުފަހިވެ އެވެ. ކޯޓަށް މިކަން ފާހަގަވަނީ ވަރިވުމަށް ފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުންނެވެ."

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު

މީގެ އިސް ގާޒީގެ ބަޔާނުގައި ވިދާޅުވީ ކައިވެނި ރޫޅުމަށް ފަހު ދަރިންނާ ގުޅުންހުރި މައްސަލަތައް ގިނަ ވަނީ ދަރިންގެ ހައްގުތަކަށް ވުރެ އެހެން ކަންތައްތަކެއް އިސްކުރެވޭތީ އަދި އަނެއްކާގެ ކިބައިން ބަދަލުހިފުމާއި ޖެއްސުން ކުރުމުގެ ރޫހެއް ގެންގުޅެވޭތީ ކަމަށެވެ. 

އަދި މައިންބަފައިންގެ ލޯތްބާއި އަޅައިލުން ލިބުމަކީ ދަރިންގެ ހައްގެއް ކަމާއި ކައިވެނި ރޫޅުނަސް އެ ކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާ ނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލު ވާނެކަންވެސް ފާހަގަކުރެއްވިއެވެ. 

ގާޒީގެ ބަޔާނުގައި ވިދާޅުވި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެ މެދުގައި ހިނގާ ގެވެށިއަނިޔާގެ އަމަލުތައް ގިނަވަމުންދެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރުތައް ނެރެންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އާއިލާގެ އުފާވެރިކަމަށްޓަކައި އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަށާއި ފަނާކުރުވާ ވިސްނުންތައް ދޫކޮށް، އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށް އުސް ގާޒީ ވިދާޅުވުއެވެ. 

މިއާއެކު ގާޒީ ވަނީ ފިރިމީހާ، އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާ އެކު ވަގުތު ހޭދަކުރުމަކީ އަނބި ދަށުވުން ކަމުގައި ނުބެލުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާގެ އަޅުވެތިވުން ކަމަށް ވެސް ނުބެލުމަށް ގާޒީ އެދިލެއްވި އެވެ.

"ކާފަ އާއި މާމަ، ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށްހިތައި އިހުތިރާމްކުރަން ދަރިންނަށް ދަސްކޮށްދޭށެވެ. އެ މަންޒަރު މައިންބަފައިންނަށްގެ ފަރާތުން ދަރިންނަށް ދައްކުވައިދޭށެވެ. ރަނގަޅު ނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ދީނުގެ ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހާނުވާށެވެ."

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު 

ގާޒިގެ ބަޔާން ނިންމަވާލައްވަމުން އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާކަމުގައި ނަހަދައި، އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރުމަށް ގާޒީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް
ބުނާނަން
ފިރިމީހާ ވަރިކުރަނީ،ފިރިމީހާއާއި ދަރިންނަށްޓަކައި އަނބިމީހާ ވާގުރުބާނީ ނުބަލާ،ހިލޭއަންހެނުން ފަހަތުން ދުވާފިރިހެނުން. ނުވިތާކަށް ވަރިކޮއްލާފަ، ލިބިފަ ތިބި ދަރިންނަށް ހަރަދުވެސް ކުރުމެއްނޯވޭ ގިނަފިރިހެނުންގެ.
15 May 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.