ދިވެހި ބަހާއި ބެހޭ ވަޒީރު އާދަމް ނަސީރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
19 May 2024 | 11:11
"ޕޮއެޓްރީ ތެރަޕީ" ގެ ދިވެހި ނަން ފާސްކޮށް، ފަރުވާގެ ދިރާސާ މަރުޙަލާ ފަށަނީ

ދިވެހި ބަހުގެ އެކަޑަމީގެ ބަސް ކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހި ބަހުން ކިޔާނެ ނަމެއް ކަޑައަޅައި އެ ނަން ފާސްކޮށްފިއެވެ. 

ބަސްކޮމިޓީން ނިންމާފައިވަނީ “ޕޮއެޓްރީ ތެރަޕީގެ” ގެ ދިވެހި ނަމަކީ “ޅެން ފަރުވާ” ކަމަށެވެ. 

އަދި ދިވެހި ބަހުގައި އެ ނަމުގެ މާނައަކީ، “ބަލި މީހާގެ އިހްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެން ހެދުމާއި، ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރާތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުން ކުރަމުން އަންނަ ތަރީގާއެއް” ކަމަށް ބަސްކޮމިޓީގެ ނިންމުމުގައިވެއެވެ.

މިނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައިވެސް ހިމަނާފައެވެ. 

މިއާއެކު ޅެން ފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއިމެދު އެކުލަވާލެވުފައިވާ ފަހުމާނާގައި ސޮއި ކުރުން މިމަހު 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުފައިވާ ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ދިވެހި ބަހާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުން، މި ފަހުމާނާގެ ދަށުން ޅެން ފަރުވާއާއި ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެން ބޭނުން ކޮށްގެން ނަފްސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައއޗަށް ދިރާސާ ކުރެވިގެންދާނެ އެވެ.   

މީގެ އިތުރުން، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތް ތަކަށް ބޭނުންވާ  ތަފާތު އެހެނިހެން ދިރާސާތައް ކުރުންވެސް މި ފަހުމާނާގެ ދަށުން ކުރުމަށް ހަމަޖެހުފައުވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ދިވެހި ޅެންވެރިކަން ބޭނުން ކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހި ބަހާއި ޘަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިއުލާން ކުރެއްވީ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޅެންވެރިކަމާއި ބަހުގެ އެފަދަ ފަންނުތަކުން ދުނުޔޭގެ ކުރިއަރާފައިވާ މުޖުތަމަޢު ތަކުގައި ހިފާ އިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހިންގެ ތެރޭގައިވެސް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ދިވެހި ބަހުގެ ވުޒާރާއިން ބުނެފައިވާ ގޮތުން ޅެން ފަރުވާ ކުރިއަށް ގެންދިޔުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން، މެންޓަލް ހެލްތު ސެންޓަރ، ޗައިލްޑް ޑިވޮލަޕްމަންޓް ސެންޓަރ އަދި ދަމަނަވެށީގެ ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
Mohamed Ali
މިނިސްޓަރުންނޭ ކިޔާފަ މިތިބެނީ ފޭކު މީހުން..
19 May 2024
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.